ދޮޅު ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ދައުވާ ފިލްމީ ތަރި އަލީ އަހުމަދަށް އުފުލައިފި

ފިލްމީ ތަރި އަލީ އަހުމަދު

ރާއްޖެއަށް ދޮޅު ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފިލްމީ ތަރި އަލީ އަހުމަދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަލީ އަހުމަދުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 6:21 ހާއިރު މޯލްޑިވިއަންގެ ފްލައިޓަކުން އޭނާ ރާއްޖެ އައިއިރު މަސްތުވާތަކެތި އެތެރެކޮށްފައިވާތީ ކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓުންް އަލީ އަހުމަދު ރާއްޖެ އައި އިރު އޭނާ އަކީ އެލާޓް ފަސިންޖަރެއް ކަމަށްވާތީ ކަސްޓަމްސް އޮފިސަރުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާގެ ފައިގެ ކުޑަކަޅުވާގައި ޓޭޕް އޮޅާފައި ހުރި ގަނޑެއްގެ ތެރެއިންނާއި ބޮކްސާގެ ތެރެއިންނާއި ކަނާތު ކުޑަ ކަޅުވާގައި އޮޅާފައި ހުރި ޓޭޕް ގަނޑެއްގެ ދަށުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައެއް ނުވެއެވެ. އެ މައްސަލާގައި މިދިޔަ އަހަރު އޭނާ ހައްޔަރުކުރިގޮތަށް އަދިވެސް ހުރީ ބަންދުގައެވެ.

އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

comment ކޮމެންޓް