އެންމެން ވެސް 'ބޭގަމް ޖާން'ގެ ޓްރެއިލަރ ބަލަައިލަން ވާނެ: ވިދްޔާ

'ބޭގަމް ޖާން' ގެ ޕޯސްޓަރެއްގައި ވިދްޔާ

ހުނަރުވެރި ބަތަލާ ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމު 'ބޭގަމް ޖާން'ގެ ޓްރެއިލަރ ލޯންޗު ކުރުމަށް ކައިރިވަމުން އަންނަ އިރު، ހުރިހާ އެންމެން ވެސް ފިލްމުގެ ޓްރެއިލަރ ބަލަައިލަން ވާނޭކަމަށް އޭނާ ބުނެފި އެވެ.

ވިދްޔާ ބުނީ ފިލްމާ މެދު އޭނާއަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށާއި، ޓްރެއިލަރ ބެލުމަށް ފަހު ބެލުންތެރިންނަށް ވެސް އެ ޔަގީންކަން ލިބޭނެ ކަމަށެވެ.

'ބޭގަމް ޖާން'ގެ ޓްރެއިލަރ ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

"އަހަރެން ބޭނުން ހުރިހާ އެންމެން ވެސް ޓްރެއިލަރ ބަލަން. އަހަރެން މި ހުންނަނީ އާއިލާ އަށް ޓްރެއިލަރ ދައްކަން ކެތްމަދު ވެފަ. އެކަމަކު ޓްރެއިލަރ ލޯންޗު ކުރާ ދުވަހު އާއިލާ އަށް ވެސް ދައްކާނީ،" ވިދްޔާ ބުންޏެވެ.

ވިދްޔާ ބުނީ އެ ފިލްމުގައި އޭނާގެ ވަރަށް ވަރުގަދަ ރޯލެއް ފެންނާނެ ކަމަށެވެ.

'ބޭގަމް ޖާން' އަކީ ގައުމީ އެވޯޑު ހޯދާފައިވާ ސްރިޖީތު މުކަރްޖީ ޑައިރެކްޓު ކޮށް، މުކޭޝް ބަޓް ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.

ފިލްމު ރިލީޒް ކުރާނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ.

comment ކޮމެންޓް