ވިކްޓަރީއަށް ބޭނުންވަނީ ތެދުވެރިން: ޝާޒް

ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް): --- ސަން ފައިލް ފޮޓޯ

ވިކްޓަރީ މިވަގުތު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ރުޖޫއަވުމަށް ބޭނުންވަނީ އެކުލަބަށް ކާމިޔާބީ ހޯދައިދިން ކޯޗުންގެ އެހީތެރިކަމާއި، އަދި ކާމިޔާބީ ހޯދޭނީ ތެދުވެރި ކަމުގެ ބިންގާމަތީގައިކަން ގަބޫލުކުރާ މެނޭޖްމެންޓެއް ކަމަށް އެ ކުލަބުގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

ވިކްޓަރީގެ ހެޑް ކޯޗުގެ މަގާމުން ދުރުކޮށްފައިވާ ޝާޒް މިހެން ބުނީ އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

"ވިކްޓަރީއަށް ބޭނުންވަނީ ތެދުވެރިކަމަކީ ކާމިޔާބީގެ ފެށުންކަން ދަންނަ މެނޭޖްމަންޓެއް. އަދި ވިކްޓަރީއަށް ކާމިޔާބީ ހޯދައިދިން ކޯޗުންގެ އެހީތެރިކަން،" ޝާޒް ގެ ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ.

މާލޭ ލީގުގައި ވިކްޓަރީ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު މިއަހަރު އަލަށް ލީގަށް ކޮލިފައިވި ގްރީން ސްޓްރީޓް އަތުން އެ ޓީމު ވަނީ ބަލިވެފައެވެ. އަދި ނިއުރޭޑިއަންޓް އަތުންވެސް ބަލިވެފައިވާއިރު އީގަލްސް އަތުން ލިބުނީ ޕޮއިންޓެކެވެ.

މިވަގުތު ވިކްޓަރީގައި އޮތީ އޭރު ކޯޗު ޝާޒް އެކުލަވާލި ޓީމެކެވެ. އަދި ޓީމު އެކުލަވަލައި ސީޒަން ފެށެން ކުޑަ ތަން ވެފައިވަނިކޮށް އެންމެ އެކަށީގެންވާ ގޮތަށް ޝާޒް މަސައްކަތް ނުކުރާ ކަމަށް ބުނެ އޭނާވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން ޝާޒް ވަނީ ވިކްޓަރީން ކަން ކުރި ގޮތަށްވެސް އަދި އޭގެ ފަހުން އެ ޓީމު ހެޑް ކޯޗު ކަމާއި ހަވާލުވި އަލީ ސުޒޭން އަށްވެސް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

comment ކޮމެންޓް