މައްސަލަ ކޯޓުގައި އޮއްވައި "ވިޝްކާ" އަށް ބޮޑު ތަރުހީބެއް

ދިވެހި ފިލްމު "ވިޝްކާ" ޕްރިމިއާ ކުރުމަށް ބޭއްވި ހަފްލާ ފެށުމުގެ ކުރިން އެ ފިލްމުގެ ލީޑްރޯލް ކުޅެފައިވާ ދެ ތަރިން ކަމުގައިވާ ރިޝްމީ އާއި ރަވީ ސެލްފީ ނަގަނީ ---- ފޮޓޯ: މުހައްމަދު ޝަރުހާން

ދިވެހި ފިލްމު "ވިޝްކާ" ގެ މިލްކުވެރިކަމުގެ މައްސަލައެއް މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ކޯޓަށް ހުށަހަޅާފައިވަނިކޮށް އެންމެ ފަހުން އިއްޔެ ހަވީރު ޝްވެކް ސިނަމާގައި ދެއްކުމުން އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.

"ވިޝްކާ" ޕްރިމިއާ ކުރުމުގެ ހަފްލާގައި އެ ފިލްމުގެ ޑައިރެކްޓަރު އަދި އެކްޓަރު ރަވީ ފާރޫގު ބުނީ، ފިލްމު އެޅުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެ ފިލްމު އެޅުވުން ވެގެން ދާނީ އަންހެނަކަށް ލިބުނު ކާމީޔާބީއެއް ކަމަށެވެ. އަދި އެ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު އޮތް ކަމަށް ވެސް ރަވީ ބުންޏެވެ.

"ވަރަށް ބޮޑު ވިކްޓަރީ އެއްމީ" ރަވީ ބުންޏެވެ.

"ވިޝްކާ" އިއްޔެ ހަވީރު ޝްވެކް ސިނަމާގައި ރިލީޒް ކުރީ ކުލަގަދަ ހަފްލާއަކާ އެކުއެވެ. އަންހެނުންގެ ދުވަހާ ދިމާކޮސް ރިލީޒް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން ދިވެހި ފިލްމު އިންޑަސްޓްރީގައި ތިބި 'ފިސާރި' ތިން ކަންބަލެއްގެ އަގު ވަޒަންކޮށް ހަނދާނީ ފިލާވެސް އަރުވާފައެވެ.

އަބްދުﷲ ވިޝާމްގެ ވާހަކަ އަކަަށް މަހުދީ އަހުމަދު ސްކްރީންޕްލޭ ތައްރާރުކޮށް އައިޝަތު ރިޝްމީ ޕްރޮޑިއުސް ކުރި "ވިޝްކާ" އަކީ ކްރައިމް ތުރިލާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މައެްސަލަ ކޯޓަށް ވައްދާފައި ވިޔަސް، ފިލްމުގެ ރެޑް ކާޕެޓް ބާއްވައި ފިލްމު ރިލީޒު ކުރުމުން ބެލުންތެރިން ދަނީ އެ ފިލްމަަށް ތައުރީފް އޮއްސަމުންނެވެ.

"ވިޝްކާ" ގެ ޕޯސްތަރެއްގައި ރިޝްމީ---

ފިލްމު ނިމުމާ އެކު އަތްލިބަޑީގެ ހޫނު ތަރުހީބެއް ލިބުނު އިރު މިއަދު މުޅި ސޯޝަލް މީޑިއާ އިންވެސް ފެންނަނީ "ވިޝްކާ" އަށް އޮތް ބޮޑު ތަރުހީބެވެ.

ދެ ގަޑި 17 މިނެޓް ގެ އެ ފިލްމު ބަލާލަން ވަދެ ތިބި އެންމެން ހައިރާން ވާކަހަލަަ އެތައް މަންޒަރެއް ފިލްމުން ފެނިގެން ގޮސްފައިވައިރު "ވިޝްކާ" ބަލައިގެން ނުކުތް އެންމެން ވެސް ދަނީ ފިލްމަށާއި ފިލްމުގައި އެކްޓް ކޮށްފައިވާ ތަރިންނަށް ތައުރީފުގެ ބަސްތައް ރައްދު ކުރަމުންނެވެ.

"މި ފިލްމުގައި ވަރަށް ހިތްވަރުގަދަ އަންހެނެެއް ދައްކާތީ ކޮންމެ އަންހެނަކުވެސް ބަލާލަން ރަނގަޅު ފިލްމެއް މީ. މި ފިލްމަށް ކޮށްފައިވާ މަސައްކަތަށް ހަމަ ސާބަސް ދެން،" ފިލްމު ބަލާފައި ނުކުން މީހަކު ބުންޏެވެ.

"ވަރަށް ރަނގަޅު މަަސައްކަތެއް. ފާހަގަ ކޮށްލަން ރިޝްމީގެ އެކްޓިން،"

ިއިއްޔެ އާއި ރޭ ޝްވެކް ގައި "ވިޝްކާ" ގެ ތިން ޝޯ އެއް ދައްކާފައިވާއިރު ފިލްމަށް ލިބުނު ތަރުހީބު ވަރަަށް ބޮޑެވެ.

comment ކޮމެންޓް