ބޮޑެތި މައްސަލަތަކުގެ ފެށުމަކީ ރައްޔިތުންގެ މަޖިލިސް: އިބޫ

އިބޫ(މ) --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ފެށުން އައިސްފައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިންނަވަރި ދާއީރާ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު މަޖިލިސް ބޭރުގައި މީޑިއާތަކާ ވާހަކަ ދައްކަމުން އިބޫ ވިދާޅުވީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތް ވަރަށް ސާފުކޮށް ލިޔެފައިވާނެ ކަމަށާއި ނަމަވެެސް މިއަދު އެ މަންޒަރު ނުފެނި މަޖިލިސް ފާލުން ނައްޓާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިގައުމަށް މި ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މި ހުުރި ހުރިހާ ބޮޑެތި މައްސަލަތަކުގެ ފެށުން އައިސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. ޑިމޮކްރެކްޓިވް ހަމަތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނު އަސާސީއަށް ބެލުމެއް ނެތި ކަންތައްތައް ނިންމާފައިވުމުގެ ސަބަބުން،"

މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބޫ ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދަން ޖެހޭނީ ރައްޔިތުންގެ ތަމްސީލްވުން ހިމެނޭ ގޮތަށް ރައްޔިތުންގެ ބައިވެރިވުން އޭގައި ހިމެނޭ ޑިމޮކްރެކްޓިވް އުސޫލުތަކުގެ މަތިން ކަމަށެވެ.

"ތިޔަ ބޭފުޅުންނަށް ފެނިވަޑައިގެންނަވާނެ ރައްޔިތުންގެ މަޖިލިސް މި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދަށުން ކުރިއަށްދާ ގޮތް. އެހެންވީމާ އަޅުގަނޑުމެންގެ ވަރަށް ބޮޑު ޒިންމާއެއް. އެންމެ ބޮޑު ޒިންމާއަކަށް ވާނީ ރައްޔިތުންގެ މަޖިލިސް ހަމައަކަށް އެޅުވުން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖީލީހުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެމްބަރުންނާއި އެކު މިއަދު ނުކުތީ ގަދަ ކަނޑަކަށް ކަމަށާއި އެކުގައި ހުރިހާ ފަރާތްތަކަކުން ކުރާނެ މަސަތްކަތަކީ އަމާން ބަނދަރަކަށް އޮޑި ގެންދިއުމުގެ މަސަތްކަތް ކަމަށެވެ.

comment ކޮމެންޓް