ހުޅުމާލެ ރޭޕާ ގުޅިގެން މީހަކު އަދި ހައްޔަރެއް ނުކުރޭ

ހުޅުމާލެ ސެންޓްރަލް ޕާކު: ހުޅުމާލޭގައި ރޭޕް ކުރީ 27 އަހަރުގެ އަންހެނެއް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެއިން ޒުވާން އަންހެނަކު ރޭޕުކުރި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއަ އޮފިސަލަކު 'ސަން'އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަޑަކަށް 10:40 ހާއިރު 27 އަހަރުގެ އަންހެނަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އަދިވެސް މައްސަލަ ތަހުގީގްކުރަމުން އަންނަ ކަމަށެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ވިލިގިލީގައި ދިރިއުޅެމުންދާ އެ އަންހެން މީހާއާ މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގާފައި ވަނީ ހުޅުމާލޭ ސިނާއީ ސަރަހައްދުގަ އެވެ. އަދި އެ އަމަލު ހިންގުމުގައި ހަަރަކާތްތެރިވެފައި ވަނީ އެކަކުކަން ވެސް އިނގިފައިވެއެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ރޭޕްކޮށްފި މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެނޫން ގޮތަކަށް މީހަކު ރޭޕްކޮށްފިނަމަ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

comment ކޮމެންޓް