ބައްޕަގެ ގައިގައި ހުންނަ ސިފަތައް ހުންނަ ފިރިއެއް ބޭނުމެއް ނޫން: އާލިއާ

އާލިއާ އާއި އޭނާގެ ބައްޕަ މަހޭޝް ބަޓް --

އަމިއްލަ ދިރިއުޅުމެއް ފަށަން ވިސްނާއިރު، އޭނާގެ ބައްޕަ އަދި ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓް އާ އެއް ސިފަތަކެއް ހުންނަ ފިރިއަކު ބޭނުން ނުވާ ކަމަށް ބޮލީވުޑުގައި ހުރި އެންމެ ހުނަރުވެރި އެއް ފަންނާނު، އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ އަކީ އަބަދު ވެސް އޭނާ ކަންތައްތަކާ މެދު ދެކޭ ގޮތް އެއްވެސް ފަސް ޖެހުމެއް ނެތި ހާމަކުރާ ފަންނާނެކެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، މަހޭޝް ބަޓް ފަދަ ފިރިއަކު ބޭނުން ނުވާ ކަމަށް އާލިއާ ބުނެފައި ވީނަމަވެސް، އެހެން ބުނި ސަބަބު ސާފެއް ނުވެ އެވެ.

"ބައްޕަގެ ހުންނަ ސިފަތައް އަހަރެންގެ ފިރިމީހާގެ ގައިގައި ހުންނާކަށް އަހަރެން ބޭނުމެއް ނޫން،" އުމުރުން 23 އަހަރުގެ އާލިއާ ބުނެފައިވެ އެވެ.

މަހޭޝް އާއި އާލިއާ އަކީ އަބަދު ވެސް ވަރަށް ގާތްކޮށް ފެންނަ ދެ މީހުންނެވެ. އެކަކު އަނެކެއްގެ ކާމިޔާބީ އަށް ފަހުރުވެރިވެ، އުފަލުގައި ބައިވެރިވެ އެވެ. އަދި މަހޭޝް އަކީ އާލިއާއަށް އެންމެ ބޮޑު ސަޕޯޓެއް ދޭ ފަރާތްކަމަށް އާލިއާ ވަނީ ކުރިން ބުނެފައެވެ.

އާލިއާ މިހާރު އަންނަނީ މާޗް މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ 'ބަދްރީނާތުކީ ދުލްހަނިޔާ' ގެ ޕްރޮމޯޝަން ކަންތައްތަކުގައި ހަރަކާތްތެރި ވަމުންނެވެ. އެ ފިލްމުގައި އާލިއާ އާއެކު ފެންނާނީ ވަރުން ދަވާން އެވެ.

comment ކޮމެންޓް