އަންހެން ޗެމްޕިއަންކަން ރަފާއަށް، ފިރިހެން ޗެމްޕިއަންކަން ޒީސްތުއަށް

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 26 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

26 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓްތަކުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ޒީސްތު ނަސީމް އަދި އަންހެން ސިންގްލްސް ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް ހޯދައިފި އެވެ.

ޓޭބަލް ޓެނިސް ހޯލްގައި ކުރިއަށްދިޔަ މި މުބާރާތުގެ ސިންގަލްސް ފިރިހެންބައިގެ ޗެމްޕިއަންކަން ޒީސްތު ނަސީމް ހޯދީ ފައިނަލުގައި ސްރީލަންކާގެ ދޫމިތު ވީރުސެނާ 4-3 ސެޓުން ބަލިކޮށްގެންނެވެ. އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ރަފާ ގެންދިޔައީ ޝިއުރާ ޝަރީފާ ބަލިކޮށްގެންނެވެ. ރާއްޖޭގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ މި ބައިގެ ޗެމްޕިއަންކަން ހޯދީ ސީދާ ހަތަރު ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ އިތުރު ބައެއް ވަނަތަކަށް ބަލާއިރު:

ފިރިހެނުންގެ 9 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- ދޫމިތު ވީރުސެނާ، ރަނަރަޕް- ސެތިކު ޑިންސާރާ.

އަންހެނުންގެ 9 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- މިޝްކާ މުހައްމަދު އިބްރާހިމް، ރަނަރަޕް- އައިޝަތު ޒާރާ ޝާހިލް.

ފިރިހެނުންގެ 12 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- ދޫމިތު ވީރުސެނާ، ރަނަރަޕް- އަބްދުލް ރަހުމާން ބިން ހަސަން.

އަންހެނުންގެ 12 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- ދިޔާމް ސިފާހު ސައީދު، ރަނަރަޕް- ޒުބާ އަހްމަދު ރިޔާޒް.

ފިރިހެނުންގެ 15 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- އަޚްޔާރް އަހްމަދު ޚާލިދު، ރަނަރަޕް- އަހްމަދު ނާއިފް ނަސީރު.

އަންހެނުންގެ 15 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- ފާތިމަތު ޝަދާ މަމްދޫހް، ރަނަރަޕް- ފާތިމަތު މަލޫޝާ މުއާޒް.

އަންހެނުންގެ 18 އަހަރުންދަށުގެ ޑަބަލްސް:

ޗެމްޕިއަން- އައިޝަތު ރަފާ ނާޒިމް / ލައިސާ ފަތުހުﷲ އިސްމާއިލް، ރަނަރަޕް- ފާތިމަތު މަލޫޝާ މުއާޒް / އައިމިނަތު މަލީޝާ މުއާޒް.

އަންހެނުންގެ 18 އަހަރުންދަށުގެ ސިންގަލްސް:

ޗެމްޕިއަން- އައިޝަތު ރަފާ ނާޒިމް، ރަނަރަޕް- ލައިސާ ފަތުހުﷲ އިސްމާއިލް.

ފިރިހެނުންގެ 18 އަހަރުންދަށުގެ ސިންގަލްސް:

ެޗެމްޕިއަން-ދޫމިތު ވީރުސެނާ، ރަނަރަޕް- އަހްމަދު ޒައިދާން މުހައްމަދު.

ދެވަނަ ޑިވިޝަން ފިރިހެނުންގެ ސިންގަލްސް:

ޗެމްޕިއަން- ލީ ނިންގް، ރަނަރަޕް- މުހައްމަދު ރާފިއު.

ދެވަނަ ޑިވިޝަން ފިރިހެނުންގެ ޑަބަލްސް:

ޗެމްޕިއަން- ލީ ނިންގް / މުހައްމަދު ނަފީލް، ރަނަރަޕް- ނުވާން އަނޫޖާ / މުހައްމަދު ރާފިއު.

ވެޓެރަންސް ފިރިހެނުންގެ ސިންގަލްސް:

ޗެމްޕިއަން- އަލީ އާދަމް މަނިކު، ރަނަރަޕް- އިބްރާހިމް ލަތީފް.

ވެޓެރަންސް ފިރިހެނުންގެ ޑަބަލްސް:

ޗެމްޕިއަން- އަލީ އާދަމް މަނިކު / މުހައްމަދު ޔާސިރު، ރަނަރަޕް- އިބްރާހިމް ލަތީފް / އަބްދުﷲ ޝަރީފް.

ފުރަތަމަ ޑިވިޝަން އަންހެނުންގެ ޑަބަލްސް:

ޗެމްޕިއަން- މަރިޔަމް ޝަފީގް / ފާތިމަތު ޖުމާނާ، ރަނަރަޕް- އައިމިނަތު ޝިއުރާ ޝަރީފް / އައިޝަތު ފަދުވާ ރަޝީދު.

ފުރަތަމަ ޑިވިޝަން މިކްސް ޑަބަލްސް:

ޗެމްޕިއަން- އައިޝަތު ރަފާ ނާޒިމް / މުހައްމަދު ޒީސްތު ނަސީމް، ރަނަރަޕް- އައިޝަތު ފަދުވާ ރަޝީދު / މޫސާ މުންސިފް.

މިއަހަރު މި މުބާރާތުގައި 120 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.

comment ކޮމެންޓް