ސައުތު އޭޝިއަން ރީޖަނަލް ޗެމްޕިއަންޝިޕް ދީމާ ފެށީ މޮޅަކުން

ސައުތު އޭޝިއަން ރީޖަނަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ދީމާ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

ސައުތު އޭޝިއަން ރީޖަނަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ސައުތު އޭޝިއަން ރީޖަނަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ސައުތު އޭޝިއާ ސަރަހައްދުން ވާދަކުރާ ކުޅުންތެރިން ހޮވުމަށް ބާއްވާ ކޮލިފައިން މުބާރާތެކެވެ.

އިއްުޔެ ނޭޕާލްގައި ފެށި އެ މުބާރާތް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. އެ މުބާރާތުން ހޮވޭ އެންމެ މޮޅެތި ކުޅުންތެރިން ވާދަ ކުރަން ޖެހޭނީ އޭޝިއާގެ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކޮލިފައިންގައެވެ.

އޭޝިއާ ކޮލިފައިން ބުރުން އޭޝިއާ ބައްރުން ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ތަމްސީލުކުރާނެ 16 ކުޅުންތެރިން ހޮވާނެވެ.

ވޯސައުތު އޭޝިއަން ރީޖަނަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ދީމާގެ އިތުރުން މޫސާ މުންސިފް ވެސް ރާއްޖެ ތަމްސީލު ކުރާނެއެވެ.

މިއަދު އެ މުބާރާތުގައި ދީމާ ކުޅެފައިވާއިރު އޭނާ ވާދަކޮށްފައިވަނީ ނޭޕާލްގެ ދެވަނަ ކުޅުންތެރިޔާ އެލީނާ މަހަރާޖަންއާއެވެ. އެ މެޗު ދީމާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ދީމާ ހިމެނިފައިވާ ގްރޫޕްގައި އެލީނާގެ އިތުރުން ހިމެނެނީ ސްރީލަންކާގެ މަލީޝާއެވެ. މުބާރާތުގައި ދީމާ ކުޅޭ ދެވަނަ މެޗުގައި މިއަދު މަލީޝާއާ ދެކޮޅަށް ދީމާ ނިންކުންނާނެއެވެ.

comment ކޮމެންޓް