ޝައިހް އިބްރާހިމް ޒަކަރިއްޔާ މޫސާގެ ބައްޕާފުޅު އަވަހާރަވެއްޖެ

ޒަކަރިއްޔާ މޫސާ (ވ)

އައްޝައިޚް ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ ލޮބުވެތި ބައްޕާފުޅު، ޒަކަރިއްޔާ މޫސާ އަވަހާރަވެއްޖެއެވެ.

ޒަކަރިއްޔާ މޫސާ އަވަހާރަވެފައިވަނީ މުސްކުޅި ބަލީގެ އާލާސްކަންފުޅާ އުޅުއްވަނިކޮށް އައިޖީއެމްއެޗްގައެވެ. އަވަހާރަވީ އިރު ޒަކަރިއްޔާ މޫސާގެ އުމުރުފުޅަކީ 98 އަހަރެވެ.

ޒަކަރިއްޔާ މޫސާ އަވަހާރަވިއިރު 8 ދަރިން ދުނިޔޭގައި އެބަތިއްބެވެ.

ޒަކަރިއްޔާ މޫސާ އަވަހާރަވީ މިރޭގެ ވަގުތެއްގައެވެ. އެއީ ރ. ކަނދޮޅުދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާއަކީ އެރަށަށާއި އެ އަތޮޅަށް ދިގު މުއްދަތެއްވަންދެން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ޒަކަރިއްޔާ މޫސާގެ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއާއި، ރ. އަތޮޅުގެ މެންބަރުކަން ކުރެއްވި އިސްމާއިލް ޒަކަރިއްޔާ އާއި ރ. އަތޮޅާއި ބ. އަތޮޅުގައި ދިގު މުއްދަތެއް ވަންދެން އަތޮޅުވެރިކަން ކުރެއްވި ގާސިމް ކަލޭފާނުގެ އިތުރުން ސަރުކާރުގެ ޒިންމާދާރު މަގާމުތައް އަދާކުރައްވަމުން ގެންދަވާ އެހެން ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް