ޝެއިޚް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ

ޝެއިޚް ޖައުފަރު ފާއިޒު --- ފޮޓޯ/ މިއަދު

ރާއްޖޭގެ ދީނީ އިލްމުވެރިޔާ އައްޝައިޚް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އާލާސްކަންފުޅާ އުޅުއްވާތީ ޖައުފަރު, 65, ހޮސްޕިޓަލްގައި އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނަތާ މަހަކާ ގާތްވެއްޖެ އެވެ.

އައްޑޫ ސިޓީ މީދުއަށް ނިސްބަތްވާ ޖައުފަރަށް ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މީގެކުރިން ފަރުވާދީފައިވެ އެވެ. އޭގެފަހުން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދީފައިވެ އެވެ.

ޝެއިޚް ޖައުފަރު ފާއިޒަކީ މަދަރުސަތުލް އާލިޔާގައި 1990ގެ އަހަރުތަކުގައި، ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޝެއިޚު ޖާއުފަރު ފާއިޒަކީ އިސްލާމީ ދައުވަތު ފެތުރުމުގައި ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ބޭފުކެވެ.

އެގޮތުން ރާއްޖޭގެ މިސްކިތް ތަކުގައި ދީނީ ދަރުސް ދެއްވުމުގެ އިތުރުން ޓީވީ ޕްރޮގްރާމްތައް މެދުވެރި ކުރައްވާ، ޝެއިޚް ވަނީ އިސްލާމް ދީނުގެ މަތިވެރި އުސޫލް ތަކާއި ޝިޔާރުތައް އުގަންނައިދެއްވުމުގައި މުހިއްމު ދައުރެއް އަދާ ކުރައްވާފައެވެ.

comment ކޮމެންޓް