އެމްޕީއެލް މުވައްޒަފުންނަށް ފުޓްސަލް ދަނޑެއް

އެމްޕީއެލް ފުޓްސަލް ދަނޑުހުޅުވުމަށް މިއަދު ކުޅުނު މެޗުގެ ކުރިން ދެޓީމުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން--ފޮޓޯ/ސަމާހް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މާލޭގައި ފުޓްސަލް ދަނޑެއް ހުޅުވައިފިއެވެ.

އެމްޕީއެލް ޕޯޓްސް ކޮމްޕްލެކްސް ގޯތި ތެރޭގައި ހެދި އެ ފުޓްސަލް ދަނޑަކީ އެމްޕީއެލްގެ އެކިއެކި ޑީޕާޓްމަންޓްތައް ގުޅިގެން ހަދާފައިވާ ދަނޑެކެވެ. މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިބްރާހިމް ރަޝީދު (ފަލްސާ) އެވެ.

އެމްޕީއެލްއިން ބުނީ މުވައްޒަފުން ބޭނުންވާ މިފަދަ ބޭނުންތައް ފަހިކޮށްދިނުމަށް އެމްޕީއެލްއިން ވަރަށް ބޮޑަށް މަސައްކަތް ކުރާކަމަށާއި މިފަދަ ދަނޑެއް އޮތުމުން މުވައްޒަފުންގެ ހުސްވަގުތު ފައިދާ ކުރުވަނިވި ގޮތެއްގައި ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.

ވެލި އަޅައިގެން ފަސްގަނޑުއެއްވަރުކޮށްގެން ހަދާފައިވާ އެ ދަނޑު ހަދާފައިވަނީ ވަށައިގެން ފެންސްޖަހައިގެންނެވެ. މިއަދު ވަނީ މި ދަނޑު ހުޅުވުމަށް ހާއްސަ މެޗެއްވެސް ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ އެކުންފުނީގެ ޑިޕާޓްމަންޓު ތަކުގެ އިސްވެރިން ހިމެނޭ ދެ ޓީމެކެވެ.

comment ކޮމެންޓް