ފެނާއި ގޭސް ފަދަ ތަކެތި އުފުލަން ވަކި ގަޑިތަކެއް ކަނޑައަޅައިފި

މާލޭގައި ޕިކަޕެއް ދުއްވާފައި ދަނީ: ދެން މުދާ އުފުލޭނީ ވަކި ވަގުތެއްގައި--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ފެނާއި ގޭސްފަދަ ތަކެތި އުފުލަން ހާއްސަ ގަޑިތަކެއް ގަނޑައަޅައި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާލޭގައި ޑެލިވަރީގެ ގޮތުގައި ގެންދާ، ފެން، ކައްކާގޭސް، އެކިއެކި ބުއިންތަކާއި، އެހެނިހެންމުދާ ފިހާރަތަކަށާއި ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އުޅަނދުތަކުގައި އުފުލޭނީ ވަކި ވަގުތުތަކެއްގައި ކަމަށެވެ.

ތިރީގައިވަނީ އެގަޑިތަކެވެ.

  • ·ހެނދުނު 9:00 އިން 11:00އަށް
  • ·މެންދުރުފަސް 15:00 އިން 17:00އަށް
  • ·އިރުއޮއްސި 18:30އިން ހެނދުނު 6:00އަށް

އޭގެ ތެރޭގައި ބަނދަރު ސަރަހައްދުން ގުދަން ކުރުމަށް ގެންދާ މުދާ ނުހިމެނޭ ކަމަށް ޓުރާންސްޕޯޓުން ބުނެ އެވެ.

އާންމު ގޮތެއްގައި ފެން އުފުލާ ޕިކަޕުތަކުގެ ސަބަބުން ޓުރެފިކް ތޮއްޖެހުމަކީ ވަރަށް ވެސް ބޮޑުވެފައިވާ މައްސަލައެކެވެ.

comment ކޮމެންޓް