މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޗެމްޕިއަންކަން ބިލަބޮންގާއި ކަލާފާނަށް

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017" ގްރޭޑް 2، 3ގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ޝަހީމް

ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން، ކުޑަކުދީންނަށް ޚާއްސަކޮށްގެން ބޭއްވި، "މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017" ގްރޭޑް 3ގެ ޗެމްޕިއަންކަން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ހޯދިއިރު، އެ މުބާރާތުގެ ގްރޭޑް 2ގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދައިފިއެވެ.

މިއަދު ހަވީރު، ހެންވޭރު ދަނޑުގައި ކުޅުނު ގްރޭޑް 2 ގެ ފައިނަލް މެޗް ކަލާފާނު ސްކޫލުން ކާމިޔާބުކުރީ، އިސްކަންދަރު ސްކޫލާ ވާދަކޮށް 3-2 ލަނޑުގެ ނަތީޖާއަކުންނެވެ. މި ގްރޭޑްގެ ތިން ވަނަ ޓީމަކަށް ހޮވުނީ، މަޖީދިއްޔާ ސްކޫލެވެ.

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017" ގްރޭޑް 2ގެ ޗެމްޕިއަން ކަލާފާނު ސްކޫލަށް އިނާމު ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ޝަހީމް

ގްރޭޑް 3ގެ ޗެމްޕިއަންކަން ބިލަބޮންގުން ހޯދީ، ފައިނަލްގައި ކަލާފާނާ ވާދަކޮށް، 2-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި ގްރޭޑްގެ ތިންވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ.

މުބާރާތުގެ ކޮންމެ ގްރޭޑަކުން 2،1، އަދި 3 ވަނަ ޓީމު ހޮވުމުގެ އިތުރުން، ކޮންމެ ގްރޭޑެއްގެ އެންމެ މޮޅު ފަސް ކޯޗުންވެސް ހޮވާފައި ވެއެވެ.

ބެސްޓް 5 ކޯޗުން (ގްރޭޑް-2)

  • އިސްކަންދަރު ކޯޗު ހަސަން މަފާޒް
  • ތާޖުއްދީން ކޯޗު އިބްރާހީމް ޝާފިއު
  • ކަލާފާނު ކޯޗު އަބްދުލް ވާހިދު މުހައްމަދު
  • ބިލަބޮންގް ކޯޗު މުރުޠަލާ
  • މަޖީދިއްޔާ ކޯޗު އަހްމަދު މަމްދޫހް

ބެސްޓް 5 ކޯޗުން (ގްރޭޑް-3)

  • ތާޖުއްދީން ކޯޗު އިބްރާހީމް ޝާފިއު
  • އިސްކަންދަރު ކޯޗު ޔޫސުފް އަޒީމް
  • ކަލާފާނު ކޯޗު އަބްދުލް ވާހިދު މުހައްމަދު
  • ބިލަބޮންގް ކޯޗު އަބްދުލް މުފީދު
  • މަޖީދިއްޔާ ކޯޗު އަހްމަދު މަމްދޫހް

،މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017" ގްރޭޑް 3ގެ ޗެމްޕިއަން ބިލަބޮންގް ސްކޫލަށް އިނާމު ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ޝަހީމް

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017" ގްރޭޑް 2، 3ގެ ފައިނަލް މެޗު ޝަރަފްވެރިކޮށް ދެއްވީ، ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީއެވެ.

ބުދަ ދުވަހު ހެންވޭރު ދަނޑުގައި ފެށި އެ މުބާރާތުގައި ޖުމުލަ 17 ސްކޫލުން 33 ޓީމް ވާދަކުރާ ކުރިއެވެ.

ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގެ ގްރޭޑް 2، އަދި 3ގެ ދަރިވަރުންނަށް ބޭއްވި މި މުބާރާތް، އައްޑޫ ސިޓީއާއި، ފުވައްމުލަކުގައި މިއަރުވެސް ކުރިއަށް ގެންދާނޭ ކަމަށެވެ. އަދި ނ. މާފަރާއި، ގދ. ތިނަދޫގައި މުޅިން އަލަށް މި މުބާރާތް ކުރިއަށް ގެންދާން ނިންމާފައިވާ ކަމަށް ވެސް ވެޓަރަންސް އެސޯސިއޭޝަނުން ބުނެއެވެ.

comment ކޮމެންޓް