ބޯކޮށް ވާރޭ ވެހޭނެތީ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ ހުންނަ ސަރަހައްދު --- ސަން ފައިލް ފޮޓޯ

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބަލައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާ އެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނީ ޔެލޯ އެލާޓް ނެރެފައި ވަނީ ހުވަދު އަތޮޅާއި އައްޑު އަތޮޅާ ދެމެދަށް ކަމަށެވެ. ޔެލޯ އެލާޓްގެ މުއްދަތަކީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 13:00 އެވެ.

އެ ސަރަހައްދަށް ގަދަ ގުގުރިއާ އެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ، އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރުނީ ވިއްސާރައަށް އެކަނި ބަލާފައި ކަމަށާއި ކަނޑު ގަދަ ނުވާނެ ކަމަށެވެ.

comment ކޮމެންޓް