ވޯޓުލާ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ވާނެ

3 ނޮވެމްބަރު 2023: މާލެއަށް ބޯކޮށް ވެހުނު ވާރޭގައި އަމީނީ މަގު ފެންބޮޑުވެފައި -- ސަން ފޮޓޯ/ ނާއިލް ހަފީޒް

މާދަމާ މަޖިލިސް އިންތިޚާބު އޮންނައިރު، މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ މާދަމާ ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި މެދު ރާއްޖެތެރެއަށާއި އުތުރަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ހުރިހާ ހިސާބަކަށްވެސް ވައި ޖެހޭނީ ފަސް މޭލާއި 15 މޭލުގެ ބާރުމިނުގައި ކަމަށެވެ.

މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރިނަމަވެސް، ދަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަ ނޫންކަން އެ އޮފީހުން ފާހަގަކުރިއެވެ.

ވޯޓާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ފުރަމުން ދާއިރު މާދަމާއާއި ހޯމަ ދުވަސް ވެސް ވަނީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިފައެވެ.

comment ކޮމެންޓް