ރިޝްވަތުގެ މައްސަލައެއްގައި ސެމްސަންގެ ވެރިޔާ ހައްޔަރުކޮށްފި

ސަމްސަންގް ކުންފުނި ހިންގުމާއި ހަވާލުވެ ހުރި އެ ކުންފުނީގެ ވައިސް ޗެއާމަން ލީ ޗައި ޔަންގް ---

ރިޝްވަތު ދިނުމުގެ ތުހުމަތުގައި ސަމްސަންގް ކުންފުނި ހިންގުމާއި ހަވާލުވެ ހުރި އެ ކުންފުނީގެ ވައިސް ޗެއާމަން ލީ ޗައި ޔަންގް ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ، ސެމްސަން ކުންފުނީގެ އެންމެ މަތީ މެނޭޖްމަންޓަށް ދިއުމަށް ސަރުކާރުގެ ނުފޫޒު ބޭނުން ކުރުމަށްޓަކައި ކޮރެއާގެ ރައީސާ ޕާކްގެ ރައްޓެއްސަކަށް ރިޝްވަތުގެ ގޮތުގައު 40 މިލިއަން ޑޮލަރު ދިން ކަމުގެ ތުހުމަތުގައެވެ.

އުމުރުން 48 އަހަރުގެ ލީ އަކީ ސަމްސަންގެ ވެރިޔާ ލީ ކުން-ހީގެ ފިރިހެން ދަރިފުޅެވެ. ހާޓް އެޓޭކެއް ޖެހިވަޑައިގެން ލީ ކުން-ހީ މަރުވުމުން ސަމްސަންގް ކުންފުނި ހިންގުމުގެ އެންމެ އިސްވެރިޔަކީ ލީީ ޗައި-ޔަންގް އެވެ.

މިކަމާ ގުޅިގެން ސެމްސަން ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލާގައި ލީީ ޗައި-ޔަންގް އަށް ކަފާލާތް ދިނުމަށް މަސައްކަތް ކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް ހަގީގަތް ހާމަ ކުރުމަށްޓަކައި ކޯޓުގެ އަޑުއެހުންތަކުން އެ ކުންފުނިިން މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ސެމްސަން އިން ވަނީ އެކުންފުނީގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް