އެއްލަކަ ރުފިޔާއާ ހަމައަށް ކޮންސްޓްރަކްޝަން މެޓީރިއަލް ނެގޭ ސްކީމެއް އެމްއެފްއެލްސީއިން ފަށައިފި

ފޮޓޯ/ އެމްއެފްއެލްސީ--

ގެދޮރު އިމާރާތް ކުރުމާ ބެހޭ ސާމާނު، އެއްލައްކަ ރުފިޔާއާ ހަމައަށް ނެގޭ އިންސްޓޮލްމެންޓް ސްކީމެއް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ (އެމްއެފްއެލްސީ)އިން ތައާރަފުކޮށްފި އެވެ.

"ހިޔާ ފަސޭހަ"ގެ ނަމުގައި އެމްއެފްއެލްސީން ތައާރަފުކުރި އެ ސްކީމުގެ ދަށުން، މޯގޭޖު ކުރުމެއް ނެތި ގިނަވެގެން އެއްލައްކަ ރުފިޔާގެ ތަކެތި ނެގޭނެއެވެ. އިންސްޓޮލްމެންޓް ބަހާލެވޭ އެންމެ ދިގު މުއްދަތަކީ 18 މަސް ދުވަހެވެ.

ކެޕްޝަން..

އެމްއެފްއެލްސީން މައުލޫމާތު ދޭ ގޮތުގައި، "ހިޔާ ފަސޭހަ" ސްކީމުގެ ދަށުން 60،000 ރުފިޔާއަށް ވުރެ މަދުން މުދާ ނަގާ ފަރާތްތަކަށް ގެރެންޓަރެއް ބޭނުން ނުވާނެއެވެ. އަދި މުދަލަށް އެދި ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި ތަކެތި ލިބޭނެކަމަށް އެމްއެފްއެލްސީން ބުނެއެވެ.

އެކުންފުނިން ބުނީ، "ހިޔާ ފަސޭހަ" ތައާރަފު ކުރީ ގެދޮރު އިމާރާތް ކުރުމާއި، މަރާމާތު ކުރުމަށާއި ފަސޭހައިން ލިބޭ ލުއި ލޯނެއް ކަސްޓަމަރުންނަށް ބޭނުންވާތީ ކަމަށެވެ.

އެމްއެފްއެލްސީން ދަނީ އާންމުންނަށާއި ވިޔަފާރިތަކަށް ވެސް، ގޭގައި ހިފައި ގެންގުޅޭތަކެތީގެ އިތުރުން ހަރުމުދާ ލީސް ކޮށްދެމުންނެވެ. މީގެ އިތުރުން ގެދޮރު އިމާރާތުކުރުމަށާއި މަރާމާތުކުރުމުގެ އިތުރުން އެޕާޓްމެންޓް ގަތުމަށާއި ޕްރޮޖެކްޓް ލޯނު ދޫކުރެއެވެ.

comment ކޮމެންޓް