ޑައިވިންއަށް ދިޔަ ފަތުރުވެރިއަކު ސަފާރީއެއްގެ ބުރަފަތީގައި ޖެހި ޒަހަމްވެއްޖެ

ފަތުރުވެރިންތަކެއް ފެރީއަކަށް އަރަނީ: ޒަހަމްވީ ފްރާންސް ފަތުރުވެރިއެއް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގއ. ގެމަނަފުށި ކައިރީ އޮޕަރޭޓްކުރި ސަފާރީއަކުން ޑައިވިނަށް ދިޔަ ޓޫރިއްޓަކު ސަފާރީއެއްގެ ބުރަފަތީގައި ޖެހި ޒަހަމްވެއްޖެ އެވެ.

އެ ހާދިސާގައި ޒަހަމްވެފައި ވަނީ ފްރާންސް ފަތުރުވެރިއެއްގެ ފައެވެ. އޭނާ އިތުރު ފަރުވާއަށް މިރޭ ވަނީ މާލެ ގެނެސްފަ އެވެ.

ގެމަނަފުށި ކައުންސިލްގެ ނައިބު ރައީސް ޝަމްވީލު އިބްރާހިމް 'ސަން'އަށް މިރޭ ވިދާޅުވީ ސަފާރީގެ ބުރަފަތީގައި ފަތުރުވެރިޔާ ޖެހެން މެދުވެރިވީ، އޭނާ ޑައިވިން ނިންމުމަށްފަހު މައްޗަށް އެރި ވަގުތު ކަމަށެވެ.

"ޑައިވިން މާސްޓަރުގާތުގައި އެހީމަ ބުނި، ކުރިއަށް ޖައްސަންޏާ މީހަކު އަޑީގައިވޭތޯ ބަލާފައި ޖެއްސުމަށް ކައްޕި ކައިރީ ބުނި ކަމަށް. ދެން ކައްޕި ބުނިކަމަށް ވަނީ އެވަގުތު މީހަކު ނެތް ކަމަށް،" ޝަމްވީލް ވިދާޅުވި އެވެ.

ޝަމްވީލް ވިދާޅުވީ ބުރަފަތިން ޖެހުމުގެ ސަބަބުން އެމީހާގެ ފައިގެ ތިން ތަނަކުން ފުދޭވަރަކަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށެވެ.

އެމީހާ މާލެއަށް ގެނެސްފައި ވަނީ މިރޭ ގާތްގަނޑަކަށް 7:15 ހާއިރު އެވެ.

comment ކޮމެންޓް