25 އަހަރު ތެރޭގައި އާމިރާއި ޝާހު އެކުގައި ނެގި ފުރަތަމަ ސެލްފީ!

އާމިރު އަދި ޝާހު އެކުގައި ނެގި ފުރަތަމަ ސެލްފީ ---

ގިނަ އަހަރު ތަކެއް ވަންދެން ބޮލީވުޑުގައި މަސައްކަތް ކުރަމުން އަންނަ އާމިރު ޚާން އާއި ޝާހުރުކް ޚާން، ފުރަތަމަ ފަހަރަށް އެކުގައި ސެލްފީ އެއް ނަގައިފިއެވެ.

އާމިރު އަދި ޝާހު އެކުގައި ބޮލީވުޑުގައި މަސައްކަތް ކުރުމުގެ އިތުރުން އެކުވެރިންގެ ގޮތުގައި ވެސް ދެމީހުން އުޅޭތާ މިހާރު 25 އަހަރު ވެއްޖެއެވެ. މީގެ ކުރިން ދެމީހުންގެ އެކުގައި ތިއްބައި ނަގާފައި ހުރި ނަމަވެސް، މިއީ ދެމީހުން އެކަނި ނެގި ފުރަތަމަ ސެލްފީ އެވެ.

ފަންސަވީސް އަހަރު ތެރޭގައި ދެ މީހުން އެކުގައި ފުރަތަމަ ފަހަރަށް ސެލްފީއެއް ނަގާފައި މިވަނީ ދުބާއީގައި ކުރިއަށް ދިޔަ ޕާޓީއެއްގެ ތެރެއިންނެވެ.

ޝާހު ވަނީ ޓުވިޓާގައި އެ ފޮޓޯ އާންމު ކޮށްފައެވެ. އަދި އެއީ 25 އަހަރު ތެރޭގައި ދެމީހުން އެކުގައި ނެގި ފުރަތަމަ ފޮޓޯ ކަމަށް ބުނެފައެވެ.

"ދެމީހުން އެކަކު އަނެކަކު ދަންނަތާ މިހާރު 25 އަހަރު ވެއްޖެ. މިއީ ދެމީހުން އަމިއްލައަށް އެކުގައި ނެގި ފުރަތަމަ ފޮޓޯ،" ފޮޓޯ އާއެކު ޝާހު ލިޔެފައިވެއެވެ.

ބޮލީވުޑްގެ ތިން ޚާނުން ކަމުގައިވާ ޝާހުރުކް ޚާން، އާމިރު ޚާން އަދި ސަލްމާން ޚާން އެއް ފްރޭމަކުން ފެނުމަކީ ވެސް އެހާ އާންމު ކަމެއް ނޫނެވެ. ސަލްމާން އަދި ޝާހުގެ ދެމެދުގައި ޖެހުނު މައްސަލަ މިހާރު ހައްލުވެ، ދެމީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ ނިމުމަކަށް އައިސްފައެވެ. ސަލްމާން އަދި އާމިރު އަކީ ރަނގަޅު އެކުވެރީންނެވެ.

ނަމަވެސް ޓޯކް ޝޯވ ކޮފީ ވިތު ކަރަންގައި އާމިރު ވަނީ ޝާހު އާއި ދެމީހުންގެ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އުޅޭ ކަމަށް ބުނެފައެވެ.

ދެމީހުން އެކުގައި ސެލްފީއެއް ނެގުމަކީ ދެމީހުންގެ ގުޅުން ރަނގަޅު ވަމުން އަންނަ ކަމުގެ އިޝާރާތެއް ކަމަށް ބެލެވެއެވެ.

comment ކޮމެންޓް