ފެރީގައި ބަލި މީހުން އުފުލުން ހިތްދަތި ގޮތަކަށް

ހުޅުމާލެ ފެރީއަށް އަރުވަން ބަލި މީހަކު ޓާމިނަލް ތަޅުންމަތީ ބާއްވާފަ-- ފޮޓޯ ޓުވިޓާ

ހުޅުމާލެއިން އިތުރު ފަރުވާއަށް މާލެ ގެންނަ ފަރާތްތައް ފެރީއަށް އެރުވުމުގެ ކުރިން ޓާމިނަލްގެ ތަޅުންމަތީ ބާއްވާ ބޭއްވުން އެއީ ހިތްދަތި މަންޒަރެކެވެ.

އެމްޓީސީސީ ފެރީއަށް އެރުވުމަށް ހުޅުމާލޭ ހޮސްޕިޓަލުން ގެންނަ ބަލި މީހާ، ފެރީއަށް އެހެން މީހުން އަރައި ހަމަޖެހެންދެން ޓާމިނަލްގައި މީހުންހިނގާ ތަޅުންމަތީގައި ބާއްވާފައި އޮންނަނީ ސްޓްރެޗާއެގެ މަތީގައެވެ.

"އެތާނގައި ބާއްވާފައި އޮންނަނީ. މަވެސް ހިތްދަތިވޭ ފެނުމުން. އެނޫން ގޮތްގޮތް ހުންނާނެ ދޯ މިޒަމާނުގަ،" ހުޅުމާލޭގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ.

މާލެއާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތަކުގައި ބަލި މީހުން ބާއްވަން ހާއްސަ ނިޒާމެއްވެސް ހަމަޖައްސާފައެއް ނުހުރެއެވެ.

އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް ސަން އަށް މިއަދު ވިދާޅުވީ، އާންމު އުސޫލުގެ ދަށުން ފެރީއަށް ބަލި މީހާ އަރުވަންދެން ބަލި މީހާ ބާއްވަނީ އެމްބިއުލާންސްގައި ކަމަށެވެ.

ފެރީތަކުގައި ބަލި މީހުން އުފުލުމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައި ނުހުންނައިރު މިހާރު ގިނައިން ބަލި މީހުން އުފުލަނީ ސީ އެމްބިއުލާންސްގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިނިޒާމް ކަމަކުނުދެއެވެ. މިއީ ބަލި މީހާއަށްވެސް އިތުރު ތަކުލީފެކެވެ. ސީދާ އެމްބިއުލާންސުން ފެރީއަށް އަރުވާ ނިޒާމެއް އަބަދުހެން އަމަލުކުރަންޖެހެއެވެ.

comment ކޮމެންޓް