އޭޕްރީލް މަހު 'ބޭގަމް ޖާން' ސްކްރީންތަކަށް އަންނަނީ

ހުނަރުވެރި ބަތަލާ ވިދްޔާ ބާލަންގެ 'ބޭގަމް ޖާން' އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިއްޖެ އެވެ.

ފިލްމު ރިލީޒް ކުރާނެ ތާރީޚް ހާމަކޮށްފައި ވަނީ ފިލްމުގެ ޕޯސްޓަރާ އެކު ވިދްޔާ ކުރި ޓުވީޓެއްގައެވެ.

'ބޭގަމް ޖާން' އަކީ ބެންގޯލީ ފިލްމު 'ރާޖްކާހިނީ' ގެ ރީމޭކް އެވެ. އެ ފިލްމު ޑައިރެކްޓު ކުރަނީ ސްރީޖީތު މުކަރްޖީ އެވެ. އެއީ ސްރީޖީތުގެ ފުރަތަމަ ބޮލީވުޑް ޑައިރެކްޝަނެވެ.

ފިލްމުގައި ވިދްޔާގެ އިތުރުން ދެން މުހިންމު ރޯލުތަކުން ފެނިގެން ދާނީ ނަސީރުއްދީން ޝާހް އަދި ގޯހަރު ޚާން އެވެ.

އޭގެ އިތުރުން އިންޑިއާގެ މެލޮޑީ ކުއީން އާޝާ ބޯސްލޭގެ އާ ލަވައެއް ވެސް ފިލްމުގައި ހިމެނޭނެ އެވެ.

comment ކޮމެންޓް