ހުޅަނގު ޗައިނާއިން 1600 އަށްވުރެ ގިނަ ކިނބޫ ހަން އަތުލައިގެންފި

ހުޅަނގު ޗައިނާއިން އަތުލައިގަތް ކިނބޫ ހަންތައް ---

ހުޅަނގު ޗައިނާގައި އޮންނަ ގުއަންޝީ ޒުއަންގުން 1600 އަށްވުރެ ގިނަ ކިނބޫ ހަމާއި ކިނބޫ މަސް އަތުލައިގަނެފައިވާ ކަމަށް އެގައުމުގެ ކޯސްޓް ގާޑުން އިއްޔެ ބުނެފިއެވެ.

ޗައިނާގެ ކޯސްޓްގާޑުން ބުނީ، އެތަކެތި ފެނިފައިވަނީ އެ ފަރާތުން ހިންގި އޮޕަރޭޝަނެއްގައި ބޯޓަކަށް އަރައި ޗެކްކުރި ޗެކްކުރުމުގައި ބޯޓުގައި ހުރި ބޮޑެތި ފުޅިމަދު ފޮށިގަނޑުތަކުގެ ތެރެއިން ކަމަށެވެ. މިހާތަނަށް ލިބުނު މައުލޫމާތުން އެ ފޮށިތަކުން 1.4 މީޓަރު ދިގުމިން ހުރިި 1609 ކިނބޫ ހަމާއި 506 ކިލޯގުރާމް ކިނބޫ މަސް ފެނިފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.

ހުޅަނގު ޗައިނާއިން އަތުލައިގަތް ކިނބުލެއްގެ ހަންތައް ކައިރީގައި އެގައުމުގެ ފުލުހުން ފޯރިމަރަނީ ---

ކިނބޫ ހަން އާއްމުކޮށް ބޭނުންކުރަނީ ލަގްޒަރީ ދަބަސް ހެދުމަށެވެ.

އެ އޮޕަރޭޝަންގައި ތަކެތި ފެނުނު ބޯޓާއި ބޯޓުގެ ވެރިފަރާތް ހައްޔަރުކޮށްފައިވާއިރު، ތަހުގީގު ދަނީ ކުރިއަށެވެ.

ޗައިނާ ސަރުކާރުން ހިމާޔަތްކޮށްފައިވާ ކިނބުލަކީ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އޮފް އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް މުއާހަދާ)ގެ ދަށުން ނެތިދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރުންގެ ލިސްޓުގައި ހިމެނޭ ޖަނަވާރެކެވެ.

ހުޅަނގު ޗައިނާއިން އަތުލައިގަތް ކިނބޫ ހަންތައް ---
comment ކޮމެންޓް