ޝާހިދާއި މީރާގެ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި

މިޝާ އާއި މީރާ: މިއީ މިޝާގެ ފޮޓޯ އެއް އާންމު ކުރި ފުރަތަމަ ފަހަރު

ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު ޝާހިދު ކަޕޫރު އަދި އޭނާގެ އަންހެނުން މީރާ ރާޖްޕުތުގެ ފުރަތަމަ ދަރިފުޅު، މިޝާ ކަޕޫރުގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.

ޝާހިދު އޭނާގެ ދަރިފުޅުގެ ފޮޓޯ އާންމު ކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކާ އެކުއެވެ. އެ ފޮޓޯގައި ވަނީ މިޝާ އާއި މީރާ އެވެ. ފޮޓޯގެ ކެޕްޝަން އަކަށް ލިޔެފައި ވަނީ "ހެލޯ ވޯލްޑް" އެވެ.

މީރާ ވިހާފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 26 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޝާހިދުގެ ހުރިހާ ސަޕޯޓަރުން ވެސް ތިބީ މިޝާ ބަލާލުމަށް ކެތްމަދުވެފައެވެ.

މީގެ ދެތިން ދުވަސް ކުރިން ޝާހިދު ވަނީ މިޝާ އުރާލައިގެން ހުރެ، ނަގާފައިވާ ފޮޓޯ އެއް ވެސް އިންސްޓަގްރާމް ކޮށްފައެވެ. ނަމަވެސް އެއީ ބިއްލޫރި ދޮރަކަށް އެޅިފައިވާ ހިޔަންޏަކުން ނަގާފައިވާ ފޮޓޯއެއް ކަމުން މިޝާގެ މޫނު ސާފުވާ ގޮތެއް ނުވެއެވެ.

މިޝާގެ ފޮޓޯ އާންމު ކުރުމުގެ ކުރިން ޝާހިދު ވަނީ ދަރިފުޅުގެ ފޮޓޯ ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް