ސޮނާކްޝީ ރާއްޖޭގައި!

ސޮނާކްޝީ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯ ---

ރާއްޖެ އައުމަށްފަހު، މި ގައުމު ދޫކޮށް ގިނަ ފަތުރުވެރިން ދާކަށް ބޭނުމެއް ނުވެއެވެ. ގޮތެއް ނެތި އެނބުރި ގައުމަށް ގޮސް އަބަދުމެ މިގައުމަށް އަންނަން ހިތް އެދެއެވެ. މުއްސަނދި މަހުޖަނު ތަކުން ފެށިގެން މަޝްހޫރު ތަރިންގެ ވެސް އެދުމަކީ މިއީ އެވެ. އޭގެތެރެއިން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ އަކީ ރާއްޖޭގެ ރީތިކަން ފެނި، ރާއްޖެ އައުމަށް އަބަދުވެސް އެދޭ ތަރިއެކެވެ.

މިދިޔަ 2015 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ޗުއްޓީ ހޭދަކޮށްލަން ސޮނާކްޝީ ރާއްޖެ އައިސްފައިވާއިރު، ރާއްޖެ މަތިން ހަނދާންކޮށް އޭނާގެ ސޯޝަލް މީޑިއާގައި ރާއްޖޭގައި އޭނާ ހޭދަކުރި ޗުއްޓީގެ ފޮޓޯތައް ވަނީ މީގެ ކުރިން ހިއްސާކޮށްފައެވެ.

ނަމަވެސް ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ އަނެއްކާވެސް މިވަނީ ރާއްޖެ އައިސްފައެވެ.

ސޮނާކްޝީގެ އިންސްޓަގްރަމް އެކައުންޓުގައި މީގެ ގަޑިއެއްހާއިރު ކުރިން ވަނީ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއަކާއެކު އޭނާ ރާއްޖޭގައި ހުރި ކަމަށް ބުނެފައެވެ. އަދި އޭނާ ހުރީ ރާއްޖޭގެ ކޮކޯ ރިސޯޓްސްގެ ރިސޯޓެއްގައި ކަމަށް ޓެގް ކޮށްފައިވެއެވެ.

ނަމަވެސް އޭނާ ރާއްޖެ އައިސްފައިވަނީ ކޮން އިރަކު ކަމެއް އަދި ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަމެއް ބުނެފައެއްނުވެއެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮނާކްޝީ ރާއްޖެ އައިސްފައިވަނީ އޭނާގެ ދެ އެކުވެރީންނާއެކު މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ޗުއްޓީ ހޭދަކުރަމުންދަނީ ކ. އަތޮޅުގައި އޮންނަ ކޮކޯ ރިސޯޓްސް އިން ހިންގާ ކޮކޯ ބޮޑު ހިތި ރިސޯޓުގައެވެ.

އިންޑިއާގައި އަސުސް ސްމާޓްފޯން އަދި ޓެބްލެޓްގެ ފުރަތަމަ ބްރޭންޑް އެމްބެސެޑަރަށް އައްޔަން ކޮށްފައިވާ ސޮނާކްޝީ ރާއްޖޭގައި ހުރެ މިއަދު ނަގާފައިވާ ފޮޓޯގައި ވެސް އަސުސް އިން އެންމެ ފަހުން ރިލީޒްކުރި ޒެންފޯން މެކްސްގެ ފޯނަކުން ސެލްފީއެއް ނަގާ މަންޒަރު ފެނެއެވެ. އަދި ފޮޓޯއާއެކު ހިއްސާ ކޮށްފައިވާ ފޮޓޯގައި ފޯނުގެ މޮޅު ވާހަކަ ހިއްސާކޮށްފައިވެއެވެ.

comment ކޮމެންޓް