ކުނިއުކާލަން ދިޔަ މީހުން ހޮވި 'އެތި' މާވަހަރަކަށް ނުވި

ފުނަދޫއިން މިއަދު ހޮވި މާވަހަރު ކަމަށް ބެލެވޭ އެތި-- ފޮޓޯ: ކިޔުންތެރިއެއް

ކުނި އުކާލުމަށް ދިޔަ ށ. ފުނަދޫ ކައުންސިލްގެ މުވައްޒިފުންތަކެއް 18 ކިލޯގެ މާވަހަރެއް ކަމަށް ބުނެ ހޮވި 'އެތި' މާވަހަރަކަށް ނުވި ކަމަށް އެ ރަށު ކައުންސިލްއިން ބުނެފި އެވެ.

މީގެ ތިން ހަފްތާ ކުރިން ކުނި އުކާލުމަށް ދިޔަ ފުނަދޫ ކައުންސިލްގައި މަސައްކަތް ކުރާ ދިވެހި ދެ މުވައްޒަފުން، 18 ކިލޯގެ ހުދު މާވަހަރެއް ކަމަށް ބެލެވޭއެއްޗެއް ހޮވި އެވެ.

ފުނަދޫ ކައުންސިލްގެ ނައިބް ރައީސް އިލްޔާސް ހާމިދު މިއަދު ސަން އަށް ވިދާޅުވީ ޓެސްޓްތައް ކުރުމުން އެނގުނު ގޮތުގައި އެއީ މާވަހަރެއް ނޫން ކަމަށާއި އެއީ މަހެއްގެ ބައެއް ކަމަށެވެ.

comment ކޮމެންޓް