އިންނަމާދޫ ޒުވާނުންތަކެއް ދެ މާވަހަރު ހޮވައިފި

އިންނަމާދޫ އިން ހޮވި ދެ މާވަހަރު -- ސަން ފޮޓޯ

ރ. އިންނަމާދޫ ހަތަރު ޒުވާނަކު ރަށްކައިރީ ލައްޓި ބާނަން އުޅެނިކޮށް ދެ މާވަހަރު ފެނި، ހޮވައިފި އެވެ.

"ސަން" އާ ވާހަކަ ދައްކަމުން އެތަނުން ޒުވާނަކު މިއަދު ބުނީ ލައްޓި ބާނަން ދޮށި އުކަނިކޮށް ފުރަތަމަ މާވަހަރު ފެނުމުން އޭތި އެއްގަމަށް ގެނެސް އަނެއްކާ ވެސް ދޮށިއުކަން ތިއްބާ އިތުރު މާވަހަރެއް ފެނުނީ ކަމަށެވެ.

"އެކަތީގެ ބަދުދަނުގައި 200 ގްރާމު އަނެކަތީގެ ބަރުދަނުގައި 300 ގްރާމު ހުންނާނެ ކަމަށް ބެލެވެނީ. ރަށުގެ އިސް ރަށްވެެހިން ވެސް އެބަ ބުނޭ އެއީ މާވަހަރޭ. އެކައްޗަކީ ހުދަން ބަރެކޭ."

އޭނާ ބުނީ މާވަހަރު ވިއްކާލާފައި ލިބޭ ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ ރަށުގައި އަޅަން ނިންމާފައިވާ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތަށް ކަމަށެވެ. ހަތަރު މީހުން ވެސް އެގޮތަށް އެއްބަސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް