މިނިވަން ޗެމްޕިއަންޝިޕުން އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތިމަރަފުށްޓާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން: މިއަހަރުގެ މުބާރާތުން އިތުރު ހަ ރަށަކަށް ފުރުސަތު ދިނުމަށް އެފްއޭއެމްއިން ވަނީ ނިންމައިފަ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން އިތުރު ހަ ރަށަކަށް ޖާގަ ދިނުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމްއިން އެ މުބާރާތުން ފުރުސަތުދިން ހަ ރަށަކީ ހދ. ނޮޅިވަރަމްއާއި، ހދ. ފިނޭއާއި، ނ. ކެނދިކުޅުދުއާއި، ކ. ހިންމަފުށިއާއި، ފ. ބިލެއްދޫ އަދި މ. މުލަކެވެ. އެ ރަށްތަކާ އެކު މިހާރު މުބާރާތުގައި ބައިވެރިވާ ރަށްތަކުގެ އަދަދު ވަނީ 81 އަށް އަރައިފަ އެވެ.

އެފްއޭއެމް އިން ބުނީ، އެ ހަ ރަށަކީ މުބާރާތުގައި ބައިވެރިވުމަށް އެދި ސިޓީ ފޮނުވުމަށް ގަވަމަންޓް އީ ލެޓާ މެނޭޖްމަންޓް (ޖެމްސް) މެދުވެރިކޮށް މަސައްކަތްކުރި ރަށްތައް ކަމަށާއި ނަމަވެސް އެފްއޭއެމްއަކީ އެ ސިސްޓަމް ބޭނުންކުރާ އެސޯސިއޭޝަނެއް ނޫން ކަމަށެވެ.

އެކަންތައް ބެލުމަށް ފަހު އެކަން ހިނގައި ދިޔަ ގޮތް އަދި ޖެމްސްއިން ފޮނުވަން މަސައްކަތްކޮށްފައިވާކަން އަންގައިދޭ ލިޔެކިޔުންތައް ބެލުމަށް ފަހު އެ ރަށްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އެ އެސޯސިއޭޝަންގެ މުބާރާތު ކޮމިޓީން ނިންމާފައިވާ ކަމަށް އެފްއޭއެމްއިން ބުނެ އެވެ.

އަންނަމަހުގެ 15 ވަނަ ދުވަހު އެމުބާރާތް ފެށިގެންދާނީ އަތޮޅު ބުރުންނެވެ. އަތޮޅު ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެ އެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެ އެވެ. އއ. އަތޮޅު އަދި ވ. އަތޮޅުން އެންމެ ރަށަކުން ބައިވެރިވެފައިވުމުން އއ. މާޅޮސް އަދި ވ. ފުލިދޫ ވާދަކުރަން ޖެހޭނީ ޒޯން ބުރުން ފެށިގެންނެވެ.

ޒޯން 1:

ހއ. އަތޮޅު- ފިއްލަދޫ، އިހަވަންދޫ، މާރަންދޫ، މުރައިދޫ، ނޮޅިވަރަމް، ފިނޭ.

ހދ. އަތޮޅު- ހަނިމާދޫ، ހިރިމަރަދޫ، ކުޅުދުއްފުށި، ކުމުންދޫ، ކުރިނބި، ނޭކުރެންދޫ، ނޮޅިވަރަންފަރު.

ޒޯން 2:

ނ. އަތޮޅު- ކުޑަފަރީ، ޅޮހި، މާޅެންދޫ، މަނަދޫ، ކެނދިކުޅުދޫ.

ށ. އަތޮޅު- ފުނަދޫ، ޅައިމަގު، މިލަންދޫ.

ޒޯން 3:

ބ. އަތޮޅު- އޭދަފުށި، ދަރަވަންދޫ.

ޅ. އަތޮޅު- ނައިފަރު، ކުރެންދޫ، އޮޅުވެލިފުށި.

ރ. އަތޮޅު- ހުޅުދުއްފާރު، އިންނަމާދޫ، މީދޫ، އަލިފުށި، ރަސްމާދޫ، އުނގޫފާރު.

ޒޯން 4:

އއ. އަތޮޅު- މާޅޮސް.

އދ. އަތޮޅު- ކުނބުރުދޫ، މަހިބަދޫ، މަންދޫ.

ކ. އަތޮޅު- ދިއްފުށި، ގުޅި، ގުރައިދޫ، މާފުށި، ހިންމަފުށި.

ޒޯން 5:

ދ. އަތޮޅު- ކުޑަހުވަދޫ، މީދޫ.

ފ. އަތޮޅު- ފީއަލި، މަގޫދޫ، ނިލަންދޫ، ބިލެއްދޫ.

މ. އަތޮޅު- މަޑުއްވަރި، މުލި، ނާލާފުށި، ވޭވަށް، މުލަކު.

ވ. އަތޮޅު- ފުލިދޫ.

ޒޯން 6:

ލ. އަތޮޅު- ގަން، ކުނަހަންދޫ، މާބައިދޫ، މާމެންދޫ، މުންޑޫ.

ތ. އަތޮޅު- ގާދިއްފުށި، ގުރައިދޫ، ހިރިލަންދޫ، މަޑިފުށި، ތިމަރަފުށި، ވޭމަންޑޫ، ވިލިފުށި.

ޒޯން 7:

ގއ. އަތޮޅު- ދެއްވަދޫ، ކަނޑުހުޅުދޫ، ކޮލަމާފުށި، ކޮނޑޭ، ނިލަންދޫ.

ގދ. އަތޮޅު- ހޯނޑެއްދޫ، ގައްދޫ، މަޑަވެލި، ތިނަދޫ.

ޒޯން 8:

ފުވައްމުލައް ސިޓީ- ދަނޑިމަގު، ދޫނޑިގަން.

އައްޑޫ ސިޓީ- ފޭދޫ، ހިތަދޫ، މަރަދޫ ފޭދޫ، މަރަދޫ، މީދޫ.

comment ކޮމެންޓް