މިލާން ކަޓުވާލުމަށް ފަހު، ޔުވެންޓަސް ސެމީއަށް

ކޮޕާ އިޓާލިއާގެ ކުއާޓާގައި އޭސީ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ޔުވެންޓަސް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

ކޮޕާ އިޓަލިއާ އިން އޭސީ މިލާން ކަޓުވާލުމަށް ފަހު، ޔުވެންޓަސްއިން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

އެ މުބާރާތުގެ ސެމީއިން ޔުވެންޓަސް ޖާގަ ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލު މެޗުގައި މިލާން އަތުން 2-1 ލަނޑުން މޮޅުވެގެންނެވެ.

ކޮޕާ އިޓާލިއާގެ ކުއާޓާގައި އޭސީ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ޔުވެންޓަސް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

އެމެޗުގެ 10 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ހުއާން ކުއަޑްރާޑޯ ދިން ބޯޅައަކުން ޔުވެންޓަސްއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާއެވެ. މިލާންގެ ޕެނަލްޓީ އޭރިޔާ އިން ޑިބާލާއަށް ބޯޅަ ލިބުނުއިރު އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

އޭގެ މާގިނައިރުތަކެއް ނުވަނީސް، ޔުވެންޓަސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 21 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ލިބުނު ހިލޭ ޖެހުމަކުން އެލަނޑު ކާމިޔާބުކޮށްދިނީ މިރާލެމް ޔަނިޗްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

ކޮޕާ އިޓާލިއާގެ ކުއާޓާގައި އޭސީ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ޔުވެންޓަސް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ 53 ވަނަ މިނެޓުގައި މިލާނުން ވަނީ ލަނޑެއްޖަހައި އުންމީދު އާކޮށްފަ އެވެ. ޔުވެންޓަސް އިން ދަމަހައްޓަމުންދިޔަ ލީޑު، މިލާނަށް ހަނިކޮށްދިނީ ކާލޯސް ބަކާ އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ޔުވެންޓަސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

މިލާނުން ލަނޑުޖަހާ އުންމީދު އާކުރިތާ މިނެޓެއްފަހުން އެޓީމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. ޔުވެންޓަސްގެ ޕައުލޯ ޑިބާލާއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާ އެކު މެނުއަލް ލޮކަޓެލީއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން މިލާނުން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

comment ކޮމެންޓް