ދެކުނު އޭޝިއާގެ ޓްރެވަލް އެގްޒިބިޝަންގައި މަޓާޓޯޯއާ މެގަ މޯލްޑިވްސް ގުޅިގެން ބައިވެރިވަނީ

މަޓާޓޯއާ މެގަ މޯލްޑިވްސް ގުޅިގެން ސައުތު އޭޝިއާ ޓްރެވަލް ފެއާގައި ބައިވެރިވުމަށް އެއްބަސްވުން -- ފޮޓޯ/ މަޓާޓޯ

އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އިންޑިއާގެ ނިއުދިއްލީގައި އޮންނަ ސައުތު އޭޝިއާ ޓްރެވަލް އެންޑް ޓްރޭޑް އެގްޒިބިޝަންގައި ރާއްޖޭގެ ޑެސްޓިނޭޝަން ސްޓޭންޑް، މެގަ މޯލްޑިވްސްއާ ގުޅިގެން ހޯސްޓުކުރުމަށް މަޓާޓޯއިން ނިންމައިފި އެވެ.

ސައުތު އޭޝިއަން ޓްރެވަލް އެންޑް ޓްރޭޑް އެގްޒިބިޝަން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 15އިން 17 އަށް، އިންޑިއާގެ ނިއުދިއްލީގައެވެ.

އެ އެގްޒިބިޝަންގައި މަޓާޓޯއާ ގުޅިގެެން ރާއްޖެ ތަމްސީލުކުރުމަށް އެއާލައިން ޕާޓްނަރުގެ ގޮތުގައި މެގަ މޯލްޑިވްސް ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ.

ދެކުނު އޭޝިއާ ސަރަހައްދާއި އިންޑިއާގެ ވެސް އެންމެ ބޮޑު އެއް ޓްރެވަލް އެންޑް ޓްރޭޑް ފެއާ ކަމުގައިވާ އެ ފެއާގައި ވިޔަފާރިތަކަށް އެއްވެސް މެދުވެރިއެއް ނެތި، ވިޔަފާރީގެ މާހައުލަކުނުް ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބެ އެވެ.

މި މައުރަޒަށް ބޮޑެތި އުންމީދުތަކެއް ކުރެވޭ އިރު، މިދިޔަ އަހަރުގެ މައުރަޒުގައި ދެކުނު އޭޝިއާގެ އިތުރުން އެމެރިކާ ބައްރު، ވިލާތުގެ ބައެއް ގައުމުތައް އަދި އިރު ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަކުން، 750 ފަރާތަކުން ބައިވެރިއެވެ.

މިދިޔަ އަހަރު ދެކުނު އޭޝިއާ އިން ރާއްޖެއަށް 101,108 ފަތުރުވެރިއަކު ޒިޔާރަތް ކުރި އެވެ. އޭގެ ތެރެއިން އިންޑިއާއިން އެކަނި ގާތްގަނޑަކަށް 67،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިއެވެ.

comment ކޮމެންޓް