ދެ ލަނޑުގެ ލީޑަކާ އެކު ސިޓީ މޮޅުވާން ދަނިކޮށް ޓޮޓެންހަމް އެއްވަރުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ދެ ލަނޑުގެ ލީޑަކާ އެކު މެންޗެސްޓާ ސިޓީ މޮޅުވާން ދަނިކޮށް، ޓޮޓެންހަމް ހޮޓްސްޕާއިން އެއްވަރުކޮށްފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން އެޓީމުގެ ޕަބްލޯ ޒަބަލޭޓާއާއި ލެރޯއީ ސާނޭއާއި ސާޖިއޯ އަގުއެރޯ އަދި ރަހީމް ސްޓާލިންއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުން ސިޓީން ލަނޑެއްޖަހާ ލީޑު ހޯދި އެވެ. ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ސިޓީއަށް އެލަނޑު ކާމިޔާބުކޮށްދިނީ ލެރޯއީ ސާނޭ އެވެ. އެބޯޅަ ހޯދުމަށް ޓޮޓެންހަމްގެ ކީޕަރު ނުކުތް ނަމަވެސް، އޭނާ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެހެންކަމުން ސާނޭއަށް ބޯޅަ ލިބުނުއިރު، ޓޮޓެންހަމްގެ ގޯލު އޮތީ ހުސްކޮށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ 54 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފަ އެވެ. ރަހީމް ސްޓާލިން ނަގައިދިން ހުރަހަކުން ސިޓީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާ އެވެ. ސިޓީން އެލަނޑު ޖެހި އިރު ވެސް ލޮރިސްގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔަ އެވެ.

ސިޓީން ދެ ލަނޑުގެ ލީޑެއް ހޯދިތާ ހަތަރު މިނެޓްފަހުން ޓޮޓެންހަމްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް، ސިޓީން ދަމަހައްޓަމުން ދިޔަ ލީޑު ހަނިކޮށްފަ އެވެ. ކައިލް ވޯކާ ނަގައިދިން ހުރަހަކުން ޓޮޓެންހަމްއަށް އެލަނޑު ކާމިޔާބުކޮށްދިނީ ޑެލޭ އަލީއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 77 ވަނަ މިނެޓުގަ އެވެ. ހެރީ ކޭން ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެލަނޑު ކާމިޔާބުކޮށްދިނީ ހިޔުންގް މިން ސޮން އެވެ. ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސޮން އުފެއްދި ހަމަލާ، އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އެނަތީޖާއާ ގުޅިގެން ލީގު ތާވަލުގައި ޓޮޓެންހަމް އަދި ސިޓީ އޮތް މަގާމަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ކުޅުނު 22 މެޗުން ލިބުނު 46 ޕޮއިންޓާ އެކު ޓޮޓެންހަމް ތާވަލުގެ ދެވަނައިގައި އޮތްއިރު، ފަސްވަނައިގައި އޮތް ސިޓީއަށް 22 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. މިވަގުތު ތާވަލުގެ ދެވަނައިގައި ޓޮޓެންހަމް އޮތް ނަމަވެސް، މިރޭ ބާންލީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އާސެނަލްއަށް ދެވަނައަށް ޖެހިލެވޭނެ އެވެ.

comment ކޮމެންޓް