ލިވިންގް އެކްސްޕޯގައި ނަސަންދުރާގެ އެޕާޓްމެންޓްތައް ވެސް ބުކް ކުރެވޭނެ!

ނަސަންދުރާ ރެޒިޑެންސްގެ އެޕާޓްމެންޓު ހުންނާނެ ގޮތުގެ ޑިޒައިނެއް --

އަންނަ މަހު ބާއްވާ މޯލްޑިވްސް ލިވިންގް އެކްސްޕޯގައި ނަސަންދުރާއިން ބައިވެރިވެ، މާލޭގެ އިމާރާތްކުރާ އެންމެ އުސް ރެޒިޑެންޝަލް އިމާރާތުން އެޕާޓްމެންޓް ބުކް ކުރުމުގެ ފުރުސަތު ފަހިވެއްޖެއެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 16 އިން 18 އަށް، ނޭޝަނަލް އާޓު ގެލެރީގައެވެ.

ނަސަންދުރާ ޕެލެސް މީގެ ކުރިން ހިންގި އިމާރާތް ތަޅާލައި، އެތަނުގައި 25 ބުރީގެ އުސް އިމާރާތެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެންޕީއެޗް އިންވެސްޓްމެންޓްސްއިން އެތަނުގައި އަޅާ 25 ބުރީގެ އިމާރާތުގައި 135 ކޮޓަރީގެ ފައިވް ސްޓާ ހޮޓަލެއްގެ އިތުރުން، 118 ރެޒިޑެންޝަލް އެޕާޓްމެންޓް ހިމެނޭނެއެވެ.

ނަސަންދުރާ ރެޒިޑެންސްގައި ހުންނަ ހުރިހާ އެޕާޓްމެންޓަކީވެސް ސާވިސްޑް އެޕާޓްމެންޓްތަކެކެވެ. ނަސަންދުރާ ރެޒިޑެންސްގެ 118 އެޕާޓްމެންޓަކީވެސް ފުލީ ފާނިޝްޑް، އަދި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއްވެސް ފުރިހަމަކޮށްފައި ހުންނާނެ ތަންތަނެވެ. ނަރަންދުރާ ރެޒިޑެންސްގައި 13 ވައްތަރުގެ ތަފާތު އެޕާޓްމެންޓްސް ހުންނާނެއެވެ.

ނަސަންދުރާ ރެޒިޑެންސްގެ އިމާރާތް ހުންނާނެ ގޮތުގެ ޑިޒައިނެއް --
މީގެ އިތުރުން، ނަސަންދުރާގެ 25 ބުރީގެ އިމާރާތުގައި ޝޮޕިންގް މޯލަކާއި، ކޮންފަރަންސް ފެސިލިޓީސްގެ އިތުރުން ޖިމް، ސްޕާ އަދި ސްވިމިންގް ޕޫލް ފަދަ ފެސިލިޓީޒްތައް ހުންނާނެއެވެ.

ނަސަންދުރާގެ އިތުރުންވެސް ރާއްޖޭގައި ރިއަލް އެސްޓޭޓުގެ ވިޔަފާރިކުރާ، އަދި ރާއްޖޭގައި ރިއަލް އެސްޓޭޓު ތަރައްގީކުރާ ގިނަ ކުންފުނިތަކަކުން ލިވިންގް އެކްސްޕޯގައި ބައިވެރިވާނެއެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން، ލިވިންގް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސްކުރުމަށް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ މައުރަޒަށް ރިއަލް އެސްޓޭޓް އަދި ސާވިސް އިންޑަސްޓްރީގެ ބައިވެރިވުން އިތުރުކުރީ މިދިޔަ އަހަރުއެވެ.

ނަސަންދުރާ ރެޒިޑެންސްގެ ޓެރަހުގައި ހުންނަ ސްވިމިންގް ޕޫލްގެ ޑިޒައިނެއް --

އެ މައުރަޒު އިންތިޒާމުކުރާ ހައިރައިޒުން މައުލޫމާތު ދޭ ގޮތުގައި، ދިވެހީންނަށް އެޕާޓްމެންޓް ބެލުމާއި، ރެޖިސްޓާކުރުމުގެ ފުރުސަތު ލިވިން އެކްސްޕޯގެ ޒަރިއްޔާއިން ލިބޭނެއެވެ.

މިއަހަރުގެ ލިވިން އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލް އެވެ. އަދި ކޯ ސްޕޮންސަރަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީ އެވެ. އޮންލައިން މީޑިއާ ޕާޓުނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް