ދިރާގުން ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް

ދިރާގުން ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި -- ފޮޓޯ/ ދިރާގު

ދިރާގުން ވަނީ ރަމަޟާން މަހުގެ ރޭތަކަށް ޚާއްސަކޮށްގެން އަންލިމިޓެޑް ޑޭޓާ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ރެއަކު 21:00 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށް ކަސްޓަމަރުންނަށް އަންލިމިޓެޑް ޑޭޓާ ބޭނުންކުރެވޭނެއެވެ. މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ޚިދުމަތެކެވެ.

  • ރޭގަނޑު 21:00 އިން މެންދަމު 1:00 އަށް އަންލިމިޓެޑް ޑޭޓާ ލިބޭނެއެވެ.
  • ޚާއްސަ އެޑް-އޮންތަކާއެކު ހިލޭ އަންލިމިޓެޑް ޑޭޓާ ލިބުމުގެ ފުރުސަތު އޮތްކަން.
  • ވަކިން އޮފާ ހޯދަން ބޭނުންވާ ފަރާތްތަކަށް 35 ރުފިޔާއަށް އެއް ދުވަހަށް އަދި 199 ރުފިޔާއަށް 28 ދުވަހުގެ އޮފާ ލިބޭނެއެވެ.
  • ދިރާގު އެޕް މެދުވެރިކޮށް މި އޮފާތައް ފަސޭހައިން އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުން ރަމަޟާން މަހުގެ ކޮންމެ ރެއެއްގެ ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ރެއަކު 21:00 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށް ވަކި އެޑް-އޮންތަކާއެކު އަންލިމިޓެޑް ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްފައިވާ ބައެއް އެޑް-އޮންތަކާއެކު މި ވަގުތުތަކުގައި އަންލިމިޓެޑް ޑޭޓާ މުޅިން ހިލޭ ލިބޭނެއެވެ. މީގެ އިތުރުން، މި އޮފާ ވަކިން ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް އެއް ދުވަހުގެ މުއްދަތަށް، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހުގެ މުއްދަތަށް އަންލިމިޓެޑް ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި އޮފާ އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ ރަމަޟާން ބެނާއަށް ފިއްތާލައިގެން މި ރަމަޟާން މަހަށް ޚާއްސަ އޮފާތައް ބެލުމަށްފަހު ބޭނުންވާ އޮފާއެއް އިޚުތިޔާރުކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ އެހީގައި މި ރަމަޟާން މަހު ހެޔޮ އަގުގައި ޑޭޓާ ލިބި، ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެންދާނެއެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް