ބަހްރައިނުގެ ގައުމީ އެއާލައިނުން ލަންކާއަށް ދަތުރުތައް ފަށައިފި

ބަހްރައިނުގެ ގަލްފް އެއާގެ ފްލައިޓެއް ---

ބަހްރައިންގެ ގައުމީ އެއާލައިންކަމަށްވާ ގަލްފް އެއާއިން، އެގައުމުން ސްރީލަންކާއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ބަހްރައިންގެ ބަހްރައިން އިންޓަނޭޝަނަލް އެއާޕޯޓުން ކޮލޮމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ގަލްފް އެއާއިން ހަފްތާއަކު ފަސް ދަތުރު ކުރާނެއެވެ.

ގަލްފް އެއާއިން ކޮލޮމްބޯއަށް ސީދާ ދަތުރުތައް ފެށީ ބުރާސްފަތި ދުވަހުއެވެ.

ގަލްފް އެއާގެ ސީއީއޯ މާހިރު ސަލްމާން އަލް މުސައްލަމް ވިދާޅުވީ، އެ އެއާލައިނުން ދަތުރުތައް ފަށާ އާ މަންޒިލަކީވެސް ފަސިންޖަރުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ގަލްފް އެއާއަކީ މެދުއިރުމަތީގައި އޮންނަ އެންމެ ބޮޑު އެއް އެއާލައިން ނެޓްވޯކެވެ. ގަލްފް އެއާއިން ކޮލޮމްބޯއާ ބަހްރައިނާ ގުޅުވާލުމަކީ، ދެކުނު އޭޝިއާއާއި ވިލާތުގެ ގައުމުތަކާ ވެސް ގުޅުވައިދޭނެ ކަމެކެވެ. ބަހްރައިން އިންޓަނޭޝަނަލް އެއާޕޯޓަކީ މެދުއިރުމަތީގައި އޮންނަ ޓްރާންސިޓް ހަބެކެވެ.

comment ކޮމެންޓް