73 ރެސިޑެންޓް ޔުނިޓް އެޅުމަށް ޖައުސާއާ ހަވާލުކޮށްފި

73 ރެސިޑެންޓް ޔުނިޓްސް އެޅުމަށް ހަވާލުކުރުން-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި 73 "މިކްސްޑް ޔޫސް ރެސިޑެންޓް ޔުނިޓް" އެޅުމަށް ޖައުސާ އިންވެސްޓްމަންޓާ ހަވާލުކޮށަފިއެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ސޮއިކުރެއްވިއިރު ޖައުސާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޖަހުދާން ޖައުފަރެވެ.

ޖައުސާއިން އަޅާ ފުލެޓުތައް އަޅަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައެވެ.

އެ ޔުނިޓްތައް އެޅުމަށް ދީފައިވާ މުއްދަތަކީ 26 މަސް ދުވަހެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގެ ވޯޓާ ފްރަންޓުގައި ފްލެޓު އެޅުމަށް ގިނަ ކުންފުނިތަކަކާ ހަވާލު ކޮށްފައެވެ.

comment ކޮމެންޓް