މިކިތާރިޔަންގެ ގޯލުވެސް މޮޅު، އެކަމަކު އެންމެ މޮޅީ އަހަރެންގެ ގޯލު: ޖިރޫ

މެންޗެސްޓާ ޔުނައިޓެޑްގެ ހެންރިކް މިކިތާރިޔަންގެ ގޯލަށްވުރެ، އާސެނަލްގެ އޮލިވިއާ ޖިރޫ ޖެހި ގޯލު މޮޅުވާނެ ކަމަށް އޭނާ ބުނެފިއެވެ.

ޖިރޫ ވަނީ އާ އަހަރު ފެށުނު ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ފައިގެ ފުންނާބުން ރީތި ގޯލެއް ކާމިޔާބުކޮށްފައެވެ. މިކިތާރިޔަން ވެސް ވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅު ސަންޑަލޭންޑާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި އެފަދަ ގޯލެއް ކާމިޔާބުކޮށްފައެވެ.

"މިކިތާރިޔަންއާއި އަހަރެންގެ ގޯލު އަޅާކިޔާ، އަހަރެންނަށް ޖޯކު ޖަހަމުންދޭ. ޖޯކަކަށް ހަދައިގެން އަހަރެންގެ ގޯލަށްވުރެ، މިކިތާރިޔަންގެ ގޯލު މޮޅު ކަމަށް ބުނަމުންދޭ. މިކިތާރިޔަންގެ ގޯލާއި އަހަރެންގެ ގޯލު ފެނިގެންދިޔައީ އެއް ހަފްތާއެއް ތެރޭގައި. މިކިތާރިޔަންގެ ގޯލު ވެސް މޮޅު. އެކަމަކު އެންމެ މޮޅީ އަހަރެންގެ ގޯލު،" ސްކައި ސްޕޯޓްސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޖިރޫ ބުންޏެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ ހަތަރު ވަނައިގައި އާސެނަލް އޮތްއިރު، ލީގުގައި ޖިރޫ ވަނީ ހަތް ގޯލު ކާމިޔާބުކޮށްފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާއި ޗެލްސީއާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

comment ކޮމެންޓް