އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ރިޒްވާންއަށް

އެންމެ އުންމީދީ ކުޅުންތެރިޔާ ރިޒްވާން(ވ) އަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އެވޯޑު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް ކްލަބް އީގަލްސްގެ އަހްމަދު ރިޒްވާން ހޯދައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން މިރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި ޒުވާން ފޯވަޑް ރިޒްވާންއަށް އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ.

އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ހޯދި ރިޒްވާންއަކީ މިދިޔަ ސީޒަނުގައި އީގަލްސްއަށް މޮޅު ކުޅުމެއް ދައްކައި، އެކްލަބަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދިނުމަށް އިސްދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ. އޭގެ އިތުރުން އޭނާވަނީ އީގަލްސްއާއެކު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ވެސް ހޯދައިފައެވެ.

އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑަށް ރިޒްވާންއާ ވާދަކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ނާއިޒް ހަސަން (ދާދު)އާއި ކްލަބު އީގަލްސްގެ އަންސަރު އިބްރާހިމް (އަންކޮ)އެވެ. އެ ދެ ކުޅުންތެރިންނަކީ ވެސް މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ.

comment ކޮމެންޓް