ނިއުގެ އެސިސްޓެންޓް ކޯޗަކަށް ސަމްޕަތު، ގޯލްކީޕާ ޓްރެއިނަރަކަށް ޑަކޭ ހަމަޖައްސައިފި

ނިއުގެ އެސިސްޓެންޓް ކޯޗު ސަމްޕަތު(ވ) އަދި ގޯލް ކީޕަރު ޓްރެއިނަރު ޑަކޭ ----

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ކުރިން ވަގުތީ ކޯޗުގެ މަގާމް ފުރުއްވި އަޝްރަފް ލުތުފީ (ސަމްޕަތު) ހަމަޖައްސިއިރު ގޯލު ކީޕަރު ޓްރެއިނަރަކަށް ހަސަން ހަމީދު(ޑަކޭ) ހަމަޖައްސައިފި އެވެ.

އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖެއްސި ސަމަޕަތު ވަނީ މިދިޔަ ސީޒަނުގައި ނިއުގެ ކޯޗުގެ މަގާމުގައި ހުރި ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފާ އެމަގާމުން ވަކިކުރުމާ އެކު ސީޒަން ނިމެންދެން ވަގުތީ ކޯޗެއްގެ ގޮތުން ޓީމަށް އިރުޝާދު ދީފަ އެވެ.

މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން ނިއުއަށް ކުޅުނު ސަމްޕަތު ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 2003 ވަނަ އަހަރުގެ ކަޕްވިނާސް ކަޕް ހޯދައިފަ އެވެ. ގައުމީ ޓީމަށް 1995-2005 އަށް ކުޅުނު ސަމްޕަތު ވަނީ ނިއުގެ އިތުރުން ލެގޫންސާއި ވިކްޓަރީ އާއި އައިއެފްސީ އާއި ވެލެންސިއާ އަދި އީގަލްސް އަށް ވެސް ކުޅެފަ އެވެ.

ގޯލި ކީޕާރު ޓްރެއިނަރުގެ މަގާމަށް ހަމަޖެއްސި ޑަކޭ ވަނީ މީގެ ކުރިން ބީޖީ އާއި ޒުވާން ގައުމީ ޓީމްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އަދި އޭނާ ވަނީ މީގެ ކުރިން ވެސް ނިއު އަދި ގައުމީ ފުޓްބޯޅަ ޓީމްގެ ގޯލްކީޕަރު ޓަރެއިނަރެއްގެ ގޮތުގައި މަސަތްކަތްކޮށްފަ އެވެ.

comment ކޮމެންޓް