ލެޖިންޖާ ގައި ބަނގުރާ ބޯންތިބިކަމުގެ ތުހުމަތުގައި 11 މީހަކު ހައްޔަރުކޮށްފި

ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލަނީ -- ފޮޓޯ: ޕޮލިސް

އަމީނީމަގުގައި ހުންނަ "ލެޖިންޖާ" ރެސްޓޯރެންޓުގައި ބަނގުރާ ބޯންތިބި ކަމުގެ ތުހުމަތުގައި 11 މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޭ 11:45 ކަންހާއިރު ލެޖިންޖާގައި ބަނގުރާ ބޯންތިބިކަމުގެ ތުހުމަތުގައި 11 ފިރިހެނުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ތިން މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ހައްޔަރުގައި މިހާރު ތިބި އަށް މީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކުވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ފުލުހުން އެރެސްޓޯރެންޓަށް ވަނުމާއެކު އެމީހުން ވަނީ ބަނގުރާކަމަށް ބެލެވޭ އެއްޗެހި އަޅާފައިހުރި ތަށިތަކާއި ފުޅި ވެސް ތަޅާލާފައެވެ.

މީގެ ކުރިންވެސް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެރެސްޓޯރެންޓުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް