އަމިއްލައަށް މަރުވާން އުޅޭ ކަމަށް ބުނެ ވިލިމާލޭގެ ހުޅަނގުފަރާތު ކަނޑަށް އެރި އުޅުނު އުޅުނު އަންހެނަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ކަނޑަށް އެރިއުޅުނީ 34 އަހަރުގެ އަންހެނެކެވެ. އަމިއްލައަށް މަރުވާން ކަމަށް ބުނެ އެމީހާ ކަނޑަށް އެރި އުޅޭ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 16:30 ހާއިރު ކަމަށާއި އެ ސަރަޙައްސަށް ދިޔައިރު މި އަންހެން މީހާ ކަނޑުގައި އޮތް މަންޒަރު ފުލުހުންނަށް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މަންޒަރު ފެނުމާ އެ އެވަގުތު ޑިއުޓީގައި އުޅުނު ފުލުހުން ވަނީ ފަތާފައިގޮސް އެ އަންހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ބެލުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.