އަހަރުގެ އެންމެ މޮޅު ގޯލްޖަހާ ކުޅުންތެރިޔަކަށް ފީފާއިން ދޭ ޕުސްކަސް އެވޯޑް މެލޭޝިއާ މިޑްފީލްޑަރު ފާއިޒް ސުބްރީ ހޯދައިފިއެވެ.
ސްވިޒަލެންޑްގެ ޒިއުރިކްގައި މިރޭ ކުރިއަށްދިޔަ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފްލާގައި މެލޭޝިއާގެ ޕެނަންގްއަށް ކުޅެމުންދާ ފާއިޒް ސުބްރީއަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.
ފީފާ ޕުސްކަސް އެވޯޑަށް ފާއިޒް ސުބްރީއާ ވާދަކޮށްފައިވަނީ ވެނެޒުއާލާގެ އަންހެން ކުޅުންތެރިޔާ ޑަނިއުސްކާ ރޮޑްރިގޭޒް އާއި ބްރެޒިލްގެ މާލޯންއެވެ.
ފާއިޒް ސުބްރީއަށް އެވޯޑް ލިބިފައިވަނީ މެލޭޝިއަން ސުޕަރ ލީގުގައި ޕެނަންގް އާއި ޕަހަންގް ބައްދަލުކުރި މެޗުގައި ހިލޭ ޖެހުމަކުން އޭނާ ޖެހި ރީތި ގޯލަށެވެ.