ފަޅުވެރިއަކު ބަލިވެގެން ސްޕެއިންގެ ދާ އަޅާ މަސްބޯޓެއް ރާއްޖެއަށް

ސީޝެލްސްއަށް ދަތުރުކުރަމުންދިޔަ ސްޕެއިންގެ ބޯޓު --- ފޮޓޯ/ އެމްއެންޑީއެފް

ތައިލެންޑުން ފުރައިގެން ސީޝެލްސް އަށް ދަތުރުކުރަމުން ދިޔަ ދާ އަޅާ މަސް ބޯޓެއްގެ ފަޅުވެރިއެއް ހާލުބޮޑުވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ގދ. ތިނަދުއަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

"އަލަކްރަނާ" ކިޔާ އެ ބޯޓުން އެމީހާ ބާލާފައި ވަނީ އަދި ބަލިމީހާ ބޯޓުން ބާލާފައި ވަނީ ލ. މާވަށުގެ ހުޅަނގުން 307 ނޯޓިކަލް މޭލު ބޭރުން ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި މިއަދު ހަވީރު ތިނަދޫއަށް ގެންގޮސްދީފައި ވަނީ އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާ އަކީ ސްޕެއިންގެ މީހެއް ކަމަށެވެ. އަދި އެ މީހާއަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އޭނާގެ ހާލަތު އިތުރަށް ގޯސްވެ އިތުރު ފަރުވާދިނުމަށް ބޭނުންވާ ކަމަށް އެމްއެންޑީއެފް މެރިންޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި އެ ބޯޓުން އެދުމުން ކަމަށެވެ.

އެ މީހާއަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާއިރު، އެމީހާގެ އެހީތެރިއެއްގެ ގޮތުގައި އެ ބޯޓުން އެކަކު މަޑުކޮށްފައިވާއިރު، އެ ބޯޓު މިހާރު ދަނީ ސީޝެލްސްއަށް ދިއުމަށް ދަތުރު ކުރަމުންނެވެ.

ގދ. ތިނަދޫ ޑރ. އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު 'ސަން' އަށް މިރޭ ވިދާޅުވީ ސްޕެއިންގެ މީހެއް މިއަދު ހަވީރު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދާ ކަމަށާއި، އެމީހާގެ ހާލު ކުރިއަށްވުރެ ރަނގަޅުކަމަށެވެ. އަދި އެމީހާ ގެނައީ ނޭވާލާން އުނދަގޫވުމުން ކަމަށާއި، އަދިވެސް އެ މީހާ އޮތީ އޮޮކްސިޖަން ގުޅާފައިކަމަށް އޭނާ ވިދާޅުވި އެވެ.

ދާ އެޅުމުގެ މަސްވެރިކަން ކުރާ އެބޯޓަކީ 104 މީޓަރުގެ ދިގުމިނުގެ ބޮޑު ބޯޓެކެވެ.

comment ކޮމެންޓް