ކްރެޑިޓް ކާޑުން ބޭނުން ކުރި ފައިސާ ދައްކަން އައްލާމަށް ހުކުމް ކޮށްފި

އިންޓަޕޯލްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފްގެ ފޮޓޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވިސާ ގޯލްޑް ކްރެޑިޓް ކާޑުން ބޭނުންކޮށްފައިވާ ފައިސާގެ ތެރެއިން ނުދެއްކިވާ ފައިސާ ދައްކަން އެސްއޯ އެފް ޕްރައިވެޓް ލިމިޓެޑްގެ މައި ހިއްސާދާރު މުހައްމަދު އައްލާމް ލަތީފްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިމަހުގެ 19 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ކްރެޑިޓް ކާޑުން ފައިސާ ބޭނުންކުރުމުގެ ސަބަބުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންޖެހި ނުދައްކާވާ 1،092.99 އެމެރިކާ ޑޮލަރާއި އިތުރަށް އަރަމުންދާ ޖޫރިމަނާ އާއި އިންޓްރެސްޓާ އެކު ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އެ ހުކުމް ކުރީ އައްލާމްގެ ޣައިރު ހާޒިރުގަ އެވެ. އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ވަން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހުން ތުހުމަތުކުރާ ކުންފުންޏެކެވެ.

comment ކޮމެންޓް