2.5 ޓަނުގެ 'ޕްލާސްޓިކް ހަނޑޫ' ނައިޖީރިއާ އިން ހިފަހައްޓައިފި

ނައިޖީރިއާގެ ވިޔަފާރިވެރިއަކު އެ ގައުމަށް އެތެރެކުރި 2.5 ޓަނުގެ 'ޕްލާސްޓިކް ހަނޑޫ' ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ލަގޮސްގެ ކަސްޓަމްސްގެ ޗީފް ހަރުނާ މަމްދޫ ބީބީސީ އަށް ރޭ ބުނީ، ޒިންމާދާރުކަމެއް ނެތް ވިޔަފާރިވެރިއަކު، ފޭކް ހަނޑޫ އެ ގައުމަށް އެތެރެކުރަން އުޅުނީ ފެސްޓިވަލް މޫސުމުގައި އާންމުންނަށް ވިއްކުމަށް ކަމަށެވެ. އޭނާ ބުނީ އެ ހަނޑޫ ކެއްކުމުން ވަރަށް ތަތް ކަމަށެވެ.

"ﷲ ދެނެވޮޑިގަންނަ ވާނީ މީހުން އެ ހަނޑޫ ކެއުމުން ވާނެ ގޮތް،"

އެ ހަނޑޫ އެތެރެ ކުރީ ކޮން ގައުމަކުން ކަން ނޭނގޭ ކަމަށް އެ ނޫހުން ބުންޏެވެ. ނަމަވެސް އެ ޒާތުގެ ހަނޑޫ މިދިޔަ އަހަރު ޗައިނާ އިން ފެނުނު ކަމަށެވެ.

އެންމެ އާންމުކޮށް ނައިޖީރިއާގައި ކެއުމަށް ބޭނުން ކުރަނީ ހަނޑުލެވެ.

ނައިޖީރިއާގެ އޮތޯރިޓީ އިން ބުނީ އެއީ ކޮންމެ މީހަކު އުފެއްދި އެއްޗެއް ނަމަވެސް އެ ހަނޑޫ އުފައްދާފައި ވަނީ ވަރަށް މޮޅަށް ކަމަށެވެ. އަދި އެންމެ ފުރަތަމަ އެ ފެންނަ މީހަކަށް ޔަގީނުން ވެސް އެއީ އަސްލު ހަނޑޫ ނޫންކަން ނޭނގޭނެ ކަމަށެވެ.

"އަހަރެން އަތަށް ހަނޑޫ ފުއްތައް ލާފައި އޮއްސާލުމުން އެއްގޮތަކަށް ވޭސް ނޭނގުނު އަސްލު ހަނޑޫ ނޫން ކަމެއް. އެކަމަކު ހަނޑޫ މުށުތެރެ އަށް ލާފައި ވަސް ބަލާލުމުން ދުވީ ސީދާ ކެމިކަލް ވަސް،"

ކަސްޓަމްސް އޮފިޝަލުން ވިދާޅުވީ ހަނޑުލުން ބަތް ކެއްކުމުން ވަރަށް ތަތް ކަމަށާއި އަދި އެއީ އަސްލު ހަނޑޫ ނޫންކަން ކަށަވަރުވި ކަމަށެވެ. އަދި ލެބޯޓްރީއަށް ފޮނުވައިގެން ޓެސްޓް ކުރި އިރު އެއީ ޔަގީނުން ވެސް ހަނޑޫ ނޫންކަން ކަށަވަރުވި ކަމަށެވެ. އަދި އެ އާންމުން ކެއުމަށް ބޭނުން ނުކުރުމަށް އިންޒާރު ދިން ކަމަށެވެ.

ނައިޖީރީއަކީ ނިސްބަތުން ފޭކް ކާބޯތަކެތި އެތެރެ ކުރާ ގައުމެއް ނޫން ކަމަށާއި ނަމަވެސް ފޭކް ފާމަސޫޓިކަލް އައިޓަމްތަކުން (ބޭސް) އެތައް ބަޔަކު އަހަރު ދުވަސް ތެރޭގައި މަރުވާ ކަމަށެވެ.

ތަހީގުގު ކުރާ ފަރާތްތަކުން މިހާރު ބަލަމުން ދަނީ ގާނޫނާ ހިލާފަށް އެތެރެކުރި ފޭކް ހަނޑުލުން ވިއްކާފައި ވަނީ ކިހާވަރެއްތޯ ބެލުމަށެވެ. ފޭކް ހަނޑޫ އުފައްދާފައި ވަނީ ކޮން އެއްޗަކުން ކަމެއް މަމްދޫ ނުބުނެ އެވެ. ނަމަވެސް ބްރޭންޑްކޮށްފައި ވަނީ "ބެސްޓް ޓޮމާޓޯ ރައިސް" ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް