ގައުމީ ފިލްމު އެވޯޑްސް: އެންމެ ގިނަ ނޮމިނޭޝަންސް "ލޫދިފާ" އަށް!

މިމަހުގެ 21 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ ގިނަ ނޮމިނޭޝަންސް ފިލްމު، "ލޫދިފާ" އަށް ލިބިއްޖެއެވެ.

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން މިއަހަރު ބާއްވާ ގައުމީ ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާން ކުރީ ރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ހަފްލާއެއްގައެވެ.

އެގޮތުން ޖުމްލަ 21 ކެޓަގަރީއަކަށް ހޮވުނު ފިލްމުތަކުގެ ތެރެއިން، މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކޮށްފައިވާ އަދި ބޮޑު ކާސްޓެއް ހިމެނޭ ފިލްމު "ލޫދިފާ" ވަނީ 19 ކެޓަގަރީއަކުން ނޮމިނޭޓްވެފައެވެ.

ޖުމްލަ 16 ނޮމިނޭޝަންއާއެކު ދެވަނައަށް އެންމެ ގިނަ ނޮމިނޭޝަން ލިބުނީ، ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމު، ފަތިސްހަނދުވަރުގެ ފެށުން ތްރީޑީ އެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެދިސް އެ ފިލްމަކީ ދިވެހި ސިނަމާގެ ފުރަތަމަ ތްރީޑީ ފިލްމެވެ.

މަހުދީގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކުޑަފޫޅު) ޑައިރެކްޓްކޮށްފައިވާ ފިލްމު، "ސަޒާ" އަދި ބިންމާގެ ވާހަކައަކަށް އަބްދުލް ފައްތާހް ޑައިރެކްޓްކޮށް، ތަރިންގެ ގޮތުގައި ސީޒަން، ރިޝްމީ ރަމީޒް އަދި އާމިރާ އިސްމާއީލް ފެނިގެންދާ "ލަވް ސްޓޯރީ" ހިމެނުނީ ތިން ވަނަ އަށް އެންމެ ގިނަ ނޮމިނޭޝަން ލިބުނު ދެ ފިލްމަށެވެ.

އެގޮތުން އެ ދެ ފިލްމަށް ވެސް ވަނީ 14 ނޮމިނޭޝަން ލިބިފައެވެ.

ސާކް ފިލްމް ފެސްޓިވަލްގައި ވެސް ވާދަކޮށް ކާމިޔާބީތަކެއް ހޯދާފަައިވާ ފިލްމު، "އިނގިލި" ހިމެނިފައިވަނީ އެންމެ ގިނަ ނޮމިނޭޝަން ލިބުނު ހަތަރު ވަނަ ފިލްމަށެވެ. މަހުދީ އަހުމަދު ސްކްރީންޕުލޭއަކަށް ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ، އެ ފިލްމަށް ލިބުނީ ޖުމްލަ 12 ނޮމިނޭޝަންއެވެ.

އެންމެ މޮޅު ފިލްމު

  • އިނގިލި
  • ލޫދިފާ
  • ލަވް ސްޓޯރީ
  • ސަޒާ
  • ފަތިސްހަނދުވަރު ފެށުން

އެންމެ މޮޅު ޑައިރެކްޓަރު

  • ރަވީ ފާރޫގް (އިނގިލި)
  • މޫމިން ފުއާދު (ލޫދިފާ)
  • އަބްދުލް ފައްތާހު (ލަވް ސްޓޯރީ)
  • ހުސެއިން މުނައްވަރު (ސަޒާ)
  • އަލީ ޝިފާއު (ފަތިސްހަނދުވަރު ފެށުން)

އެންމެ މޮޅު އެކްޓަރު

  • އިސްމާއިލް ރަޝީދު (އިނގިލި)
  • އިސްމާއިލް ރަޝީދު (ލޫދިފާ)
  • ލުފްޝާން ޝަކީބް (ސަޒާ)
  • އަހުމަދު ސައީދު (އިންސާފު)
  • ޔޫސުފް ޝަފީއު (ފަތިސްހަނދުވަރުގެ ފެށުން)

އެންމެ މޮޅު ބަތަލާ

  • މަރިޔަމް އަފީފާ (ލޫދިފާ)
  • އާމިރާ އިސްމާއިލް (ލަވް ސްޓޯރީ)
  • ނިއުމާ މުހައްމަދު (ސަޒާ)
  • ނިއުމާ މުހައްމަދު (މި ހަށިން ފުރާނަ ދަންދެން)
  • ފާތިމަތު ފަރީލާ (ފަތިސްހަނދުވަރުގެ ފެށުން)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު

  • އަބްދުﷲ މުއާޒު (އިނގިލި)
  • ރަވީ ފާރޫގް (ލޫދިފާ)
  • އިސްމާއިލް ރަޝީދު (ސަޒާ)
  • އަހުމަދު ނިމާލް (މި ހަށިން ފުރާނަ ދަންދެން)
  • ހަސަން މަނިކް (މި ހަށިން ފުރާނަ ދަންދެން)

އެންމެ މޮޅު ސަޕޯޓިން ބަތަލާ

  • ޚަދީޖާ އިބްރާހިމް ދީދީ (ލޫދިިފާ)
  • އައިޝަތު ރިޝްމީ (ލަވް ސްޓޯރީ)
  • ފާތިމަތު އާޒިފާ (ލޫދިފާ)
  • ޝީލާ ނަޖީބް (ޒަހަރު)
  • އައިޝަތު ރިޝްމީ (ހިތް ޔާރާ ދީފާ)

އެންމެ މޮޅު ސްކްރީންޕުލޭ

  • މަހުދީ އަހުމަދު (އިނގިލި)
  • މޫމިން ފުއާދު (ލޫދިފާ)
  • މަހުދީ އަހުމަދު (ސަޒާ)
  • ބިންމާ އިބްރާހިމް ވަހީދު (ފަތިސްހަނދުވަރުގެ ފެށުން)

އެންމެ މޮޅު ސިނަމޮޓަގުރަފީ

  • ހުސެއިން މުނައްވަރު (އިނގިލި)
  • ހުސެއިން މުނައްވަރު (ލޫދިފާ)
  • އިބްރާހިމް ވިސާން (ލަވް ސްޓޯރީ)
  • ހުސެއިން މުނައްވަރު (ސަޒާ)
  • އިބްރާހިމް ވިޝާން (ފަތިސްހަނދުވަރުގެ ފެށުން)

އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ

  • މޫސާ ސަމާއު (މި ހަށިން ފުރާނަ ދަންދެން – ތިޔަ މޫނަށް ލޯ)
  • އަބްދުލް ހަންނާން (ކުށްވެރިއަކީ ކާކު ހޭ)
  • އިބްރާހިމް ޒައިދު (ހިތް ޔާރާ ދީފަ)
  • މުހައްމަދު އަބްދުލް ޢަނީ (ހިތް ޔަރާ ދީފަ)
  • މުހައްމަދު އަބްދުލް ޢަނީ (ހިތް ޔާރާ ދީފަ)

އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ

  • އައިޝަތު މާއިން ރަޝީދު (މި ހަށިން ފުރާނަ ދަންދެން – ތިޔަ މޫނަށް ލޯ)
  • މަރިޔަމް އަޝްފާ (ހިތް ޔާރާ ދީފަ)
  • ރާފިޔަތު ރަމީޒާ (ހިތް ޔާރާ ދީފަ)
  • ޝިފާ ތައުފީގު (ފަތިސް ހަނދުވަރުގެ ފެށުން)
  • ޝިފާ ތައުފީގު (ފަތިސް ހަނދުވަރުގެ ފެށުން)

އެންމެ މޮޅު އޮރިޖިނަލް ސޯންގް

  • މުހައްމަދު ފުއާދު (ލޫދިފާ)
  • އިބްރާހިމް ނިފާރު (ލަވް ސްޓޯރީ)
  • މުހައްމަދު އަބްދުލް ޢަނީ (މި ހަށިން ފުރާނަ ދަންދެން)
  • މޫސާ ސަމާއު (މި ހަށިން ފުރާނަ ދަންދެން)
  • އަބްދުލް ހައްނާން (ކުށްވެރިއަކީ ކާކު ހޭ)
  • ޝިފާ ތައުފީގު (ފަތިސްހަނދުވަރުގެ ފެށުން)

މިއަހަރުގެ އެވޯޑް ބާއްވަނީ 2011 އިން 2013 އާ ދެމެދު ނެރުނު ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެ ގޮތުން، އެވޯޑްގައި ފިލްމްތައް ބައިވެރި ކުރަން ހުޅުވާލި މުއްދަތު ހަމަވި އިރު، 11 ފީޗާ ފިލްމާއި ކުރު ހަ ފިލްމް އެވޯޑަށް ވަނީ ހުށަހަޅައިފައެވެ.

މިއަހަރުގެ ފިލްމުތަކަށް ފަނޑިޔާރުކަން ކޮށްފައިވަނީ ފަސް މެމްބަރުންގެ ޖަޖުންގެ ޕެނަލަކުންނެވެ. އެ ޕެނަލުގައި ހިމެނެނީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރާއި، ޑައިރެކްޓަރު މުހައްމަދު ޝަރީފް (ބާރު ޝަރީފު)، ކެމެރާމަން ހުސައިން އިމްތިޔާޒު، ޑރ. އަޝްރަފް އަބްދުއްރަހީމް އަދި މިއުޒިކް ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަލި މަނިކެވެ.

comment ކޮމެންޓް