ކްރިސްޓަލްގެ އާ ލޯބިވެރިޔަކީ، 'ދޭސީ ބްލިންގް'ގައި ދައްކައިލި ދުބާއީގެ ވިޔަފާރިވެރިއެއް

އިންޑިއާގެ ބަތަލާ ކްރިސްޓަލް އަދި ލޯބިވެރިޔާ އޭޕީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ބަތަލާ ކްރިސްޓަލް ޑިސޫޒަގެ އާ ލޯބިވެރިޔަކީ، ދުބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ އޭޕީ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުންސްތާން ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ކްރިސްޓަލް އާއި އޭޕީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު މަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް އެކަން ރަސްމީކޮށް އިއުލާނުކުރަން ދެ މީހުންވެސް އަދި ބޭނުންނުވަނީ އެ ގުޅުމަށް އިތުރަށް ވަގުތުދިނުމަށް ބޭނުންވާތީ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކްރިސްޓަލް އާއި އޭޕީއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ އަޑުތަކެއް އަރަންފެށީ ބަތަލާ މިފަހުން ދުބާއީއަށް ކުރާ ދަތުރުތައް އިތުރުވުމާ އެކު އޭޕީއާ އެކު ޕާޓީއެއްގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ.

އޭޕީ އަކީ ދުބާއީގައި ފުޅާ ދާއިރާއެއްގައި ކާރުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއެކެވެ. އޭޕީ ވަނީ ނެޓްފްލިކްސްއިން ދާދިފަހުން ޕްރީމިއާކުރި ރިއަލިޓީ ޝޯ "ދޭސީ ބްލިންގް" އިންވެސް ފެނިފައެވެ.

ކްރިސްޓަލް ފިލްމު "ދުރަންދަރު"ގެ ޑައިރެކްޓަރު އަދިތިޔަ ދާރުއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އެ ޝޯގައި އޭޕީ ފެނުނީ ޕަމެލާ 'ޕައްމީ'ގެ ކުރީގެ ލޯބިވެރިޔާގެ ގޮތުގައެވެ. ނަމަވެސް ޕަމެލާ އާއި އޭޕީގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް ދެ މީހުންގެ މެދުގައި އަދިވެސް ރަހްމަތްތެރިކަމުގެ ގުޅުން އޮންނަ ކަމަށް އެ ޝޯގައި ދެ މީހުންވެސް ވަނީ އެއްބަސްވެފައެވެ.

ސްޓާ ޕްލަސްއިން ގެނެސްދިން ސީރީސް "އޭކް ހަޒާރޯ މެ މެރީ ބެހެނާ ހޭ"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ވަނީ ފަހުން ބައެއް ފިލްމުތަކުން ވެސް ފެނިފައެވެ. އޭގެތެރޭގައި ފިލްމު "ޗެހެރޭ"، "ވިސްފޮޓް" އަދި ފިލްމު "ދުރަންދަރު"ގައި ގެނެސްދިން މަޝްހޫރު ލަވަ 'ޝަރާރަތު' ހިމެނެއެވެ.

ހިންދުސްތާން ޓައިމްސް އިން ހާމަކޮށްފައިވާ ގޮތުގައި، ޓެލެވިޒަން ބަތަލާ ކްރިސްޓަލް ޑިސޫޒަ އާއި ދުބާއީގައި ކާރުގެ ވިޔަފާރިކުރާ އޭޕީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު މަސްތަކެއް ވެއްޖެއެވެ. މި ގުޅުން ރަސްމީކޮށް އިއުލާނުކޮށްފައި ނުވަނީ، ދެމީހުންގެ ގުޅުމަށް އިތުރު ވަގުތު ދިނުމުގެ ބޭނުމުގައެވެ. ކްރިސްޓަލް ދުބާއީއަށް ކުރާ ދަތުރުތައް ގިނަވުމާއި، އޭޕީ އާއެކު ނަގާފައިވާ ފޮޓޯތަކެއް އާންމުވުމުން މި ގުޅުމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އޭޕީ އަކީ ނެޓްފްލިކްސްގެ ރިއަލިޓީ ޝޯއަކުންވެސް ފެނިފައިވާ މަޝްހޫރު ފަރާތެކެވެ. މީގެ އިތުރުން، ކްރިސްޓަލް އަކީ ގިނަ ފިލްމުތަކާއި ސީރީސްތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ. މި ދެމީހުންގެ ގުޅުމަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

  • ކްރިސްޓަލް ޑިސޫޒަގެ އާ ލޯބިވެރިޔަކީ ދުބާއީގެ ކާރު ވިޔަފާރިވެރިއެއް ކަމަށްވާ އޭޕީއެވެ.
  • މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މަސްތަކެއް ވެފައިވީ ނަމަވެސް، އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
  • އޭޕީ ވަނީ ނެޓްފްލިކްސްގެ ރިއަލިޓީ ޝޯއަކުންވެސް އާންމުންނަށް ފެނިފައެވެ.
  • ކްރިސްޓަލް ދުބާއީއަށް ކުރާ ދަތުރުތައް އިތުރުވެ، އެކުގައި ނަގާފައިވާ ފޮޓޯތައް ވަނީ އާންމުވެފައެވެ.
  • ކްރިސްޓަލް އަކީ ގިނަ ފިލްމުތަކާއި ސީރީސްތަކުން މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.
comment ކޮމެންޓް