މާލޭ ކޯޓުތަކުގެ މުވައްޒަފުން ގާނޫނުލްއުގޫބާތަށް އަހުލުވެރި ކުރުވައިފި

މާލޭ ކޯޓުތަކުގެ ރެޖިސްޓްރާއިންނާއި ލީގަލް އޮފިސަރުން ގާނޫނުލްއުގޫބާތަށް އަހުލުވެރިކުރުވުމަށް ބޭއްވި ޕްރޮގްރާމްގެ ތެރެއިން --- ސަންފޮޓޯ// އިހުތިޝާމް

މާލޭ ކޯޓުތަކުގެ ރެޖިސްޓްރާއިންނާއި ލީގަލް އޮފިސަރުން ގާނޫނުލްއުގޫބާތަށް އަހުލުވެރިކުރުވުމަށް ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.

ޖުޑީޝަލް އެކަޑަމީން އިންތިޒާމުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ތަމްރީން ޕްރޮގްރާމު މިއަދު ހަވީރު ވަނީ ނިންމާލާފައެވެ. އެ ތަމްރީން ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތަށް މުވައްޒަފުން ހޭލުންތެރި ކުރުވުމާއެކު، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެ ޤާނޫނު ތަންފީޒު ކުރެވެމުންދާގޮތާއި ބެހޭ މައުލޫމާތު މުވައްޒަފުންނާ ވަނީ ހިއްސާކޮށްފައެވެ.

މާލޭ ކޯޓުތަކުގެ ރެޖިސްޓްރާއިންނާއި ލީގަލް އޮފިސަރުން ގާނޫނުލްއުގޫބާތަށް އަހުލުވެރިކުރުވުމަށް ބޭއްވި ޕްރޮގްރާމްގެ ތެރެއިން --- ސަންފޮޓޯ// އިހުތިޝާމް

އެ ޕްރޮގްރާމުގައި ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ރަޖިސްޓްރަރއިންނާއި ލީގަލް އެހެން މުވައްޒަފުންގެ ތެރެއިން 27 ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ޕްރޮގްރާމުގެ ބައިވެރިންނަށް މިއަދު ވަނީ ސެޓްފިކެޓްވެސް ހަވާލުކޮށްފައެވެ.

ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވީ ޖުޑީޝަލް އެކަޑަމީގެ އެކްޓިންގ ޗާންސެލަރ އަޙްމަދު މާޖިދާއި، ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރަޢޫފް އިބްރާހީމާއި، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް ޢާރިފެވެ.

މާލޭ ކޯޓުތަކުގެ ރެޖިސްޓްރާއިންނާއި ލީގަލް އޮފިސަރުން ގާނޫނުލްއުގޫބާތަށް އަހުލުވެރިކުރުވުމަށް ބޭއްވި ޕްރޮގްރާމްގެ ތެރެއިން --- ސަންފޮޓޯ// އިހުތިޝާމް

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ވަނީ މިދިޔަ ނޮވެންބަރު މަހު އއ، ވ، މ، ފ، ދ، ލ، އަދި ތ މި ހަތް އަތޮޅުގެ މެޖިސްޓްރޭޓުންނަށް އަމާޒު ކޮށްގެން ވެސް ގާނޫނުލްއުގޫބާތުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވާފައެވެ. ފ. ނިލަންދޫގައި ބޭއްވުނު އެ ޕްރޮގްރާމުގައި 32 މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެން، ޕްރޮގްރާމް ފުރިހަމަ ކުރައްވައި ސެޓްފިކެޓް ހާސިލު ކުރައްވައިފައިވެއެވެ.

comment ކޮމެންޓް