އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ނިޔާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އެމްޑީޕީ ހަރުގެ ކައިރިން ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެއްވުން މަނާތަނަކަށް އެއްވުމަށް ގޮވާލައި އަމަން ނަގާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
އަލީ ނިޔާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ލޯކަލް ކައުންސިލް އިންތިޚާބު އަވަސް ކުރުމަށް ގޮވާލައި އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މުޒާހަރާއެއް ކުރިއަށްގެންދަނިކޮށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.