އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ރައްކާތެރި ކޮށްދޭނެކަމުގެ ވައުދު ސަރުކާރުން ވެއްޖެ

07 ޑިސެމްބަރ 2016: ޔުނިސެފްގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ސަން ފޮޓޯ// ފަޔާޒު މޫސާ

ރާއްޖޭގެ އެއްވެސް ކުޑަކުއްޖަކު ބާކީ ނުކޮށް، ހުރިހާ ކުދިންނަށް ވެސް ރައްކާތެރި މާހައުލެއް ގާއިމުކޮށްދޭނެ ކަމަށް، ދިވެހި ސަރުކާރާއި ޔުނިސެފްގެ ފަރާތުން ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ވައުދުވެއްޖެ އެވެ.

ކުޑަކުދިންނާ ގުޅޭ ކަންކަން ކުރުމަށް އދއިން ގާއިމުކޮށްފައިވާ ޖަމިއްޔާ، ޔުނިސެފްގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު އިސްކަންދަރު ސްކޫލުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ހަތް ވަޒީރަކު ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި ޔުނިސެފްގެ ފަރާތުން ވަނީ، ރާއްޖޭގެ ހުރިހާ ކުޑަކުދިން ދިރިހުރުމަށާއި، ކިޔަވައި އުނގެނުމަށާއި ބޮޑުވެ ތަރައްގީވުމަށް ރައްކާތެރި މާހައުލެއް، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި، ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން ލިބިދޭ ހައްގުތަކާ އެކު ގާއިމުކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ.

07 ޑިސެމްބަރ 2016: ޔުނިސެފްގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ސަން ފޮޓޯ// ފަޔާޒު މޫސާ

07 ޑިސެމްބަރ 2016: ޔުނިސެފްގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ސަން ފޮޓޯ// ފަޔާޒު މޫސާ

މި ވައުދު ލިޔެފައިވާ ލިޔުން، ދިވެހި ކުޑަކުދިންތަކަކާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް، ހޯމް މިނިސްޓަރ އަޒްލީން އަހްމަދު، ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ، ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް، ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް، ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރާއި، އެންވާރަމެންޓް މިނިސްޓަރ ތޯރިގު އިބްރާހީމްގެ އިތުރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޑރ. އެލިސް އަކުންގާއެވެ.

07 ޑިސެމްބަރ 2016: ޔުނިސެފްގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ސަން ފޮޓޯ// ފަޔާޒު މޫސާ

ދެވަނަ ބޮޑުހަނގުރާމައަށް ފަހު ކުޑަކުދިންނަށް އެހީތެރިވުމުގެ ގޮތުން ޔުނިސެފް އުފެއްދި އިރު، އެ ޖަމިއްޔާ ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަތާ 38 އަހަރު ވަނީ ވެފައެވެ.

ޔުނިސެފްގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ، ޔުނިސެފްގެ މަންދޫބު ޑރ. އެލިސް އަކުންގާ ވިދާޅުވީ ރާއްޖެއިން ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އެހެން ގައުމުތަކަށް ވުރެ ކުރިއަށް އަރާފައި ކަމަށެވެ.

07 ޑިސެމްބަރ 2016: ޔުނިސެފްގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފްގެ ރާއްޖޭގެ މަންދޫބު ޑރ. އެލިސް އަކުންގާ --ސަން ފޮޓޯ// ފަޔާޒު މޫސާ

07 ޑިސެމްބަރ 2016: ޔުނިސެފްގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ސަން ފޮޓޯ// ފަޔާޒު މޫސާ

ޑރ. އެލިސް ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި، ޔުނިސެފްއިން ބޭއްވި ކުރެހުމުގެ މުބާރާތަކުން ވަނަ ވަނައަށް އައި ކުދިންނަށް ވަނީ އިނާމު ދީފައެވެ. އަދި ޔުނިސެފްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ކޭކެއް ފެޅުން ވެސް އޮތެވެ.

comment ކޮމެންޓް