މީރާއާ އެކު އިތުރު ތިން ކޯޑިނޭޓަރަކު މަގާމުން ވަކިކޮށްފި

ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރެއްގެ މަގާމުން ވަކިކުރި މީރާ: އޭނާއާ އެކު އިތުރު ޔޫތު މިނިސްޓްރީގެ ތިން ކޯޑިނޭޓަރަކު މަގާމުން ވަކިކުރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އާއެކު އެ މިނިސްޓްރީގެ އިތުރު ތިން ކޯޑިނޭޓަރަކު މަގާމުން ވަކިކޮށްފި އެވެ.

އިތުބާރު ހުރި ގޮތަކަށް 'ސަން' އަށް މައުލޫމާތު ލިބުނު ގޮތުގައި، މަގާމުތަކުން ވަކިކުރީ ޔޫތު މިނިސްޓްރީގެ ދެ އެގްޒެކެޓިވް ކޯޑިނޭޓަރަކާއި ދެ ކޯޑިނޭޓަރުންނެވެ.

މަގާމުތަކުން ވަކިކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މީރާ މުހައްމަދު މާޖިދު އާއި، އެގްޒެެކެޓިވް ކޯޑިނޭޓަރު އަހްމަދު ނާޒިމް (ހެރިންސް އައްމަޑޭ) އާއި، ކޯޑިނޭޓަރު ހުސައިން ޒަމީލް (ޒަމްބެ) އަދި ކޯޑިނޭޓަރު މުހައްމަދު ޝަހުނީމް އެވެ.

ހަތަރު ކޯޑިނޭޓަރަކު މަގާމުން ވަކިކުރިތޯ ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު އަބްދުﷲ މުއާޒް އަލީ 'ސަން'އަށް ވިދާޅުވީ، "އަޅުގަނޑުމެން ތިކަމާ ގުޅޭގޮތުން އެއްޗެއް ދަންނަވާނީ ފަހުން. އަދި ތަންކޮޅެއް އަވަސް،" ކަމަށެވެ.

މިކަމާގުޅޭ ގޮތުން، ހެރިންސް އައްމަޑޭ ސަންއަށް ވިދާޅުވީ، ޔޫތު މިނިސްޓްރީގައި އޭނާ ހުންނެވި ސިޔާސީ މަގާމުން ވަކިކުރެއްވިކަން އަންގަވައި ރައީސް އޮފީހުން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

comment ކޮމެންޓް